އެފްއޭ ކަޕް: ސެމީގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުމެއް

Mar 20, 2022, 8:33 PM
އެފްއޭ ކަޕް: ސެމީގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުމެއް

ލަންޑަން (މާޗް 20) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކުއާޓާ ފައިނަލުގެ ފަހު ތިން މެޗު މިރޭ ކުޅުނުއިރު، ލިވަޕޫލުން ވަނީ 1-0 އިން ނޮޓިންހަމް ފޮރެސްޓް ދަނޑުގައި މޮޅުވެފަ އެވެ. މެންޗެސްޓާ ސިޓީން ސައުތެމްޓަން ދަނޑުގައި ކުރިހޯދީ 4-1 އިންނެވެ. އަދި ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ އެވަޓަން އަތުން 4-0 އިން މޮޅުވީ ޕެޓްރިިކް ވިއެރާ ހަވާލުވެހުރި، ކްރިސްޓަލް ޕެލަސް އެވެ. ރޭ ޗެލްސީން ވަނީ 2-0 އިން މިޑްލްސްބަރާ ބަލިކޮށްފަ އެވެ.

ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހުގެ 16 އާއި 17 ވަނަ ދުވަހު އެވެ. ލިވަޕޫލާއި ސިޓީ އަކީ މި ފަހަރުގެ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް ފޭވަރިޓުންގެ ގޮތުގައި އޮތް ދެ ޓީމެވެ. އެ ދެ ޓީމު އެފްއޭ ކަޕްގެ ސެމީގައި ކުޅޭ މެޗު ފޯރިގަދަވާނެ އެވެ. އަންނަ މަހުގެ ތެރޭގައި ޕްރިމިއާ ލީގުގައި ވެސް މި ދެ ޓީމު ބައްދަލުކުރާނެ އެވެ.

މި ފަހަރު ލީގު ކަޕް ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް މިރޭ ނޮޓިންހަމް ބަލިކުރި ގޯލު ޖަހައިދިިނީ 78 ވަނަ މިނިޓްގައި ކޮސްޓާސް ސިމިކާސް ނެގި ހުރަހަކުން ޑިއޯގޯ ޖޮޓާ އެވެ. މިއީ ޖޮޓާ، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖެހި 19 ވަނަ ގޯލެވެ. ޖޮޓާ އަކީ މި ވަގުތު ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، އެންމެ ގިނަ ގޯލު ޖެހި ޕޯޗުގީސް ކުޅުންތެރިޔާ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 18 ގޯލު ޖަހައިފަ އެވެ.

ނޮޓިންހަމް ފޮރެސްޓުން މި ފަހަރުގެ އެފްއޭ ކަޕްގައި އާސެނަލާއި ލެސްޓާ ސިޓީ ކަޓުވާލިއިރު، ދެއްކި ފަދަ ހިތްވަރެއް މިރޭ ލިވަޕޫލް ކައިރީގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ. ލަނޑުޖަހަން ތަނަވަސްކުރި ފުރުސަތުތަކުގެ ބޭނުން ނުހިފުނީ އެވެ.

ސައުތެމްޓަން ކޮޅަށް ސިޓީގެ ރަހީމް ސްޓާލިން ގޯލު ޖަހައިދީފައިވަނިކޮށް ސައުތެމްޓަނުން އެއްވަރުކުރި ގޯލަކީ ސިޓީގެ އައިމެރިކް ލަޕޯޓް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަލުން ސިޓީން ލީޑުނެގީ ކެވިން ޑިބްރޭނާ ވައްދާލި ޕެނަލްޓީންނެވެ. އޭގެ ފަހުން ސިޓީގެ ފިލް ފޯޑެން އާއި ރިޔާދު މާރޭޒް ވަނީ ގޯލުތައް ޖަހައި، ސިޓީ އަށް ސެމީގެ ޖާގަ ޔަގީންކޮށްދީފަ އެވެ.

ޕެލަސް އިން އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް މޮޅަށް ކުޅުނެވެ. އެ ޓީމުގެ ގޯލުތައް ޖެހީ މާކް ގޭހީ، ޖިއާން ފިލިޕް މަޓޭޓާ، ވިލް ހިއުސް އަދި ވިލްފްރިއެޑް ޒަހާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox