ބޮޑީބޯޑިން އެެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަަކަށް ދިރާގު

Mar 18, 2022, 6:13 AM
ބޮޑީބޯޑިން އެެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަަކަށް ދިރާގު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިރާގާއި އެމްބީބީއޭގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި އިވެންޓް އޮތީ އިއްޔެ އެވެ. ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ މެނޭޖަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން އެވެ. އެމްބީބީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެމްބީބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.

މި އެއްބަސްވުމުގެ ދަށުން ދިރާގުން ބޮޑީބޯޑިން ކޮމިއުނިޓީގެ ހަރަކާތްތަކަށް ކޮންޓްރެކްޓްގައިވާ ގޮތުގެ މަތީން އެކިއެކި ފުރުސަތުތައް ފަހިކޮށްދޭނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑީބޯޑިން ފުޅާކޮށް، އާ ޖީލުތަކެއް މި ކުޅިވަރުގެ ތެރެއިން އުފެދިގެން ދިއުމުގެ ބައިވެރިއެއްގެ ގޮތުގައި ދިރާގު ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިރުޝާން ވިދާޅުވީ ބޮޑީބޯޑިން އެސޯސިއޭޝަނާ ގުޅިގެން ރާއްޖޭގެ ބޮޑީބޯޑިން ޑިވެލޮޕްކުރުމުގައި ބައިވެރިވެވޭތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެސޯސިއޭޝަނުން މި އަހަރަށް ހާއްސަ ހަރަކާތްތަކެއް ރާވާފައިވާއިރު، އެ ކަމުގައި ދިރާގުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

އެމްބީބީއޭގެ ފަރާތުން ފުކޫ ވިދާޅުވީ ދިރާގުއާ އެކު ވެވުނު ޕާޓްނަޝިޕްގެ ސަބަބުން އެމްބީބީއޭ އިން ރާވާފައިވާ ޔޫތު ޑިވެލޮޕްމަންޓް ޕްލޭނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ބޮޑީބޯޑިން އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފުކޫ ވިދާޅުވި އެވެ.

މި އަހަރުގެ ބޮޑީބޯޑިން އިވެންޓް ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއް ފުރަތަމަ ފަހަރަށް އިއުލާނުކޮށްފައިވާއިރު، ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މި މަހު 20-30 އަށް އޮތް އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ. މި އިވެންޓްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ފަސް މުބާރާތް އޮންނާނީ މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެއް އިވެންޓް، ކ.ތަނބުރުދޫގައި ކުރިއަށްދާނެ އެވެ.

މި އަހަރު ފުރަތަމަ ފަހަރަށް ބޮޑީބޯޑިން އިން ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުކުރާއިރު، ދާދި ފަހުން ވަނީ ބޮޑީބޯޑިންގެ ރަސްމީ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox