ފަހަތުން އަރައި ޔުނައިޓެޑް ވިކްޓްރީ އަތުން ސަސް އިން ޕޮއިންޓެއް ހޯދައިފި

Mar 14, 2022, 8:22 PM
ފަހަތުން އަރައި ޔުނައިޓެޑް ވިކްޓްރީ އަތުން ސަސް އިން ޕޮއިންޓެއް ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީން ދެ ގޯލްގެ ލީޑެއް ނަގާފައިވަނިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފަހަތުން އަރައި ދެ ގޯލް ޖަހައި 2-2 އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ލީގުގެ ހަތަރު ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ ގެއްލިފަ އެވެ. އެ ޓީމަށް ހަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ މިއަދު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބް އެވެ. ޓީސީ އަށް ވަނީ ހަ މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

މިރޭގެ ޕޮއިންޓާ އެކު ސަސް ވެސް ވަނީ ކުރިއަށް ޖެހިލައިފަ އެވެ. އެއީ ހަ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް، ޕޮއިންޓުގެ ގޮތުން ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ. ސަސް އަށް ހަ މެޗުން ހަތަރު ޕޮއިންޓާއި ގެއްލުން ތިން ގޯލު އޮތްއިރު، އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. ހަތް ވަަނައިގައި ގްރީން ސްޓްރީޓްސް އޮތީ ހަ މެޗުން ހަތަރު ޕޮއިންޓާ އެކު ގެއްލުން އަށް ގޯލުގަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނިޓް ތެރޭ ޔުނައިޓެޑް ވިކްޓްރީން ދެ ގޯލް ޖަހައި ލީޑު ނެގި އެވެ. ދެ ގޯލު ވެސް ޖެހި އެ ޓީމަށް ކުޅޭ ކިރްނިސްތާން ގައުމީ ޓީމުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) އެވެ. ފުރަތަމަ ގޯލް މެޗުގެ އަށް ވަނަ މިނެޓުގައި ޖަހައިދިނީ ޓޯނީ ޖަހައިދިނީ އޭރިއާ ތެރެއިން ރީބައުންސް ވެގެން އައި ބޯޅައެއްގައި ޑިފެންޑަރުންގެ ތެރެއިން ގޯލަށް ފޮނުވާލައިގެންނެވެ. ޓޯނީ ދެ ވަނަ ގޯލު ޖެހީ މެޗުގެ 15 ވަނަ މިނިޓްގައި އެ ޓީމުގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ދިން ބޯޅައެއް ތިރިތިރިން ގޯލަށް ފޮނުވާލައިގެންނެވެ.

ދެ ގޯލު ޖަހައިދިން ޓޮނީގެ ފަޔަށް އަނިޔާވެގެން އޭނާ އަށް ފުރަތަމަ ހާފުގެ ފަހު 25 މިނެޓުގެ ފަހުން އެންމެ ރަނގަޅަށް ނުކުޅެވުނެވެ. އޭގެ ފައިދާނަގައި ސަސް އިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަމުން ދިޔަ އެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ސަސް އިން ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު އަނަފް ޒަރިޔަންދު އެވެ. އަރިމަތިން އައިހަމް އަހުމަދު (އައިހު) ނަގައިދިން ހުރަސް އިބްރާހިމް އަތީގް ހަސަން (އިއްބެ) ޖަހަޖަހައި އޮއްވައި ކީޕަރު އަނަފް އެ ބޯޅަ ދުރަށް ފޮނުވާލި އެވެ. އަދި ދެ ވަނަ ފަހަރަށް އެ ބޯޅަ ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް ލިބިގެން ފޮނުވާލުމުން ވެސް ކީޕަރު އަނަފް ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްގެ ފުރަތަމަ ގޯލް ޖަހައިދިނީ މުހައްމަދު ޝަހާއު (ބޭލް) އެވެ. ލިބުނު ބޯޅައެއް ހިފައިގެން ޔުނައިޓެޑް ވިކްޓްރީގެ ދެ ޑިފެންޑަރުންގެ އަރިމައްޗަށް ނެއްޓިލުމަށް ފަހު ސަހާއު ޖެހި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލަށް ވަންއިރު އެ ހުއްޓުވަން ކީޕަރު އަނަފް އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނިޔާއާ ހެދި ކުރިއަށްނުގެންދެވިގެން ޔުނައިޓެޑް ވިކްޓްރީން ވަނީ ޓޯނީ ބަދަލުކޮށްފަ އެވެ.

ސަސްގެ ކުޅުންތެރިންނަށް ބަލާއިރު ފުރަތަމަ ހާފުގައި ޝަހާއު ގެ ކުޅުން ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން އޭނާ ފުރުސަތެއް ހޯދި އެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަރަކަށް ކުޅުންތެރިން ކައިރިން ދެމިގަނެގެން ގޮސް އޭރިއާގެ މެދަކާ ހިސާބުން ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު އަނަފް އެވެ.

ސަސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 58 ވަނަ މިނިޓްގަ އެވެ. އަރިމަތިން ރިލްވާން ނައީމް ނަގައިދިން ހުރަހަކުން އޭރިއާތެރެއިން އިއްބެ ފޮނުވާލި ބޯޅަ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށެވެ. އިއްބެ އެ ބޯޅަ ގޯލަށް ފޮނުވާލަން އެރީ ޔުނައިޓެޑް ވިކްޓްރީގެ ދެ ޑިފެންޑަރުންގެ މެދުތެރެއިންނެވެ.

ސަސް އަށް އިތުރު ގޯލެއް ޖަހައި މޮޅުވާނެ ފުރުސަތު ވެސް މި މެޗުގައި ލިބުނެވެ. އެ ގޮތުން މުލަކޭ އަށް ލިބުނު ދެ ބޯޅައަކާއި އިއްބެ އަށް ދެ ވަނަ ހާފުގެ ފަހުކޮޅު ލިބުނު ފުރުސަތުތައް ފާހަގަކޮށްލަން ޖެހެ އެވެ.

ޔޫވީން ފުރަތަމަ ހާފުގައި ޖެހި ދެ ގޯލަށް ފަހު މެޗުގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލާއަކީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އަލީ ހައިޝަމް (ޗުމްޕު) ފޮނުވާލި ބޯޅަ އެވެ. އަރިމަތިން ޗުމްޕު އަށް ލިބުނު ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ހަމްދާން (އައްޔަ) އެ ޓީމު މޮޅުކޮށްދޭން ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

ސަސްގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅަށް ކުޅުމުން މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ޔުނައިޓެޑް ވިކްޓްރީގެ ސާބިއާ ޑިފެންޑަރު މިލޯސް ކޮވަސެވިޗަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox