ޓަނާގެ ހެޓްރިކާ އެކު ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑުފުޅާކޮށްފި

Mar 13, 2022, 12:58 PM
ޓަނާ ތިން ވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓަނާ ތިން ވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްގެ ހެޓްރިކާ އެކު، ކްލަބް ގްރީން ސްޓްރީޓްސް އަތުން 6-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

މި މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ފަސް މެޗުން ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ކްލަބް އީގަލްސް އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ލީގުގައި މިރޭ އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރާނެ އެވެ. އެ މެޗަކީ ލީގުގެ ދެ ވަނަ މަގާމަށް މުހިންމު މެޗެކެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ ޕްރެޒިޑެންޓްސް ކަޕްގައި 2-0 އިން މާޒިޔާ ބަލިކޮށްފަ އެވެ. އެހެންވެ، މާޒިޔާ އިން މިއަދުގެ މެޗު ފެށީ ފުރަތަމަ ގޯލެއް ޖަހަން އަމާޒުހިފައި، ވަރަށް ބޮޑަށް ކުރިއަށްޖެހިގެންނެވެ. މެޗުގެ ފުރަތަމަ މިނިޓްގައި މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)، އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ގްރީން ސްޓްރީޓްސްގެ ޗޯޓު (ވ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ އިން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައި ކޯނޭ ޖެހި ގޯލުންނެވެ. ގްރީން ސްޓްރީޓްސްގެ އޭރިއާތެރެއިން އެ ޓީމުގެ މޫސާ ހަސަން (މޫޗީ) ކައިރިން ނައްޓާފައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޖައްސާލި ބޯޅަ ޓަނާ އަށް ލިބުމުން ފޮނުވާލިއިރު، ބްލޮކްވެގެން ކޯނޭ އަށް ލިބުމުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން މާޒިޔާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އާއި އިބްރާހިމް އައިސަމް އަށް ލިބުނު ފުރުސަތު ރަނގަޅު ވަގުތު ފޮނުވާނުލެވި، ފުރުސަތު ގެއްލުނީ އެވެ. ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ހާފުގައި މާޒިޔާ ގޯލަށް އަމާޒުކުރަން އެ ޓީމުގެ ހަސަން ފަވާޒް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. ދެ ގޯލު ވެސް ޖެހީ ޓަނާ އެވެ. މެޗުގެ 31 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ޓަނާ ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ޓަނާ މުޅިން ހުސްކޮށްލާފައި ކޯނޭ އަށް ދިން ބޯޅަ ހިފައިގެން ވަދެ، އޭނާ ޖެހި ބޯޅަ އަމާޒުވީ ގްރީން ސްޓްރީޓްސްގެ ކީޕަރު ޕާކިސްތާންގެ ހަނީފް ސާގިބް އަތަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓަނާ، އިތުރު ގޯލެއް ޖެހީ ގްރީން ސްޓްރީޓްސްގެ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލުގެ ދުުރު ކަނަށް ފޮނުވާލައިގެންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ދާދު ވަނީ މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން ކޯނޭ ޖެހި ޝޮޓް ކީޕަރު ސާގިބް އަތުގައި ޖެހިފައި ނުކުތްވަގުތު ދާދު ވަނީ ރީބައުންސް ބޯޅަ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުުގެ 55 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ކައިރިން މާޒިޔާގެ ޓަނާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ފަސް ވަނަ ގޯލު ޖަހައި ޓަނާ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން އަސަދުﷲ އަބްދުﷲ ދިން ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު ޓަނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ މާޒިޔާ އަށް ބަދަލުވި ފަހުން ޓަނާ އެ ޓީމަށް ކުޅުނު ހަ މެޗުން ޖަހައިދިން ހަ ވަނަ ގޯލެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 88 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މާޒިޔާ އަށް ހަ ވަނަ ގޯލެއް ޖަހައިދޭން އެންމެ ފުރަތަމަ ހުސް ފުރުސަތެއް ލިބުނީ ހަމްޕު އަށެވެ. އައިސަމް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަމްޕު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ހަމްޕު ވަނީ މާޒިޔާގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހަމްޕު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ގްރީން ސްޓްރީޓްސް އޮތީ ކުޅުނު ހަ މެޗުން ހަތަރު މެޗުން ބަލިވެ، ހަތަރު ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox