އުރީދޫ ދިވެހި ޕްރިމިއާ ލީގު: ފަހަތުން އަރައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް މާޒިޔާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ޓަނާ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ޓަނާ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 2-1 އިން މޮޅުވެ، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

މާޒިޔާ މި މެޗަށް ނުކުތްއިރު، ކްލަބް ވެލެންސިއާ ވަނީ އިއްޔެ ކުޅުނު މެޗުން މޮޅުވެ، މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެއީ އިތުރަށް އެެއް މެޗު ކުޅެގެންނެވެ. މެޗު ހަމަކޮށް، މި މޮޅާ އެކު މާޒިޔާ އިން ވަނީ ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑު އަލުން ތިން ޕޮއިންޓަށް ފުޅާކޮށްފަ އެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތްއިރު، ޔުނައިޓެޑް ވިކްޓްރީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓް ހޯދައިގެން ތާވަލްގެ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތް އީގަލްސްގެ ވެސް ހަތް ޕޮއިންޓް އޮތްއިރު، މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް އީގަލްސް އަށް ތިން ވަނައިގައި ހިންދެމިލެވޭނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން މާގިނަ އިރުތަކެއް ނުވެ މާޒިޔާ އިން ފުރުސަތުތައް ހޯދަން ފެށި އެވެ. ޔުނައިޓެޑް ވިކްޓްރީގެ އޭރިއާ ބޭރުން ރަނގަޅު ޕާސްތަކެއް ކޮށް އޭރިއާ ތެރެއިން މާޒިޔާ އަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ލިބެން ދިޔަ ބޯޅަ ކީޕަރު އަނަފް ޒަރިޔަންދު ނުކުމެ ހޯދި އެވެ. އޭގެ މިނެޓެއް ފަހުން އޭރިއާ ބޭރުން މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރު އަނަފާ ދިމާލަށެވެ.

މާޒިޔާގެ ހައިޝަމް (ކ) ޔުނައިޓެޑް ވިކްޓްރީގެ އަމީން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭގެ ފަހުން މާޒިޔާގެ ސްޕެއިން މިޑްފިލްޑަރު ޓަނާ ޑޮމިނިގޭޒް ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ބޭރަށެވެ.

މާޒިޔާ އިން ކުޅެމުންދަނިކޮށް ލިބުނު ފަޅި ފުރުސަތެއްގައި ޔުނައިޓެޑް ވިކްޓްރީން ގޯލު ޖެހި އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ މި ލަނޑު ޖަހައިދިނީ ކިރްގިސްތާން މިޑްފިލްޑަރު އެނަޓޯލީ ވްލާސިޗޭވް (ޓޯނީ) އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ޓޯނީ ފޮނުވާލި ބޯޅަ ގޮސްވަނީ ގޯލްގެ ތިރީ ކަނަށެވެ. މިއީ މި ސީޒަންގެ ލީގުގައި މިހަތަނަށް ކުޅުނު ފަސް މެޗުގައި މާޒިޔާ ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.

ޔުނައިޓެޑް ވިކްޓްރީގެ ގޯލަށް ފަހު ނަތީޖާ ހަމަހަމަކުރުމަށް މާޒިޔާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ފޯވާޑް ކޯނޭ ބޯޅައާ އެކު އޭރިއާ ތެރެއަށް ވަންނަން އުޅެނިކޮށް މޫސާ އަޒީމް ހަސަން ކުރި ފައުލަކަށް ރެފްރީ މުހައްމަދު ސާތިރު ވަނީ ޕެނަލްޓީ އެއް ދީފައެވެ. މާޒިޔާގެ ކޯނޭ ފޮނުވާލި ޕެނަލްޓީ ކީޕަރު އަނަފް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

މާޒިޔާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާ އުފައްދަން މަސައްކަތްކުރި އެވެ. ފުރަތަމަ 30 މިނެޓަށް ބަލާއިރު މާ އެދެވޭ އެޓޭކެއް ނުކުރެވޭތީ މާޒިޔާގެ ކޯޗު މަޔޮޑްރަގް ޖެސިކް ވަނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ބަދަލުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) ކުޅެން އަރުވާފަ އެވެ. މިއީ ފޭދޫ އިއްބެ މި ފަހަރު ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

އަސައްކޮ ކުޅެން އެރުވުމާ އެކު މަތިން ކުޅޭ ބޯޅަތަކުގައި މާޒިޔާ އިން ނުރައްކާކުރަން ފެށި އެވެ. އެ ގޮތުން 39 ވަނަ މިނެޓުގައި ޓަނާ ނަގައިދިން ކޯނަރަކުން އަސައްކޮ ފޮނުވާލި ހަމަލާ ގޯލް ރޮނގުމަތިން ކީޕަރު އަނަފް ދިފާއުކުރި އެވެ. އޭގެ މިނެޓެއް ފަހުން މާޒިޔާ އިން ގޯލް ޖަހައި އެއްވަރުކުރި އެވެ. ޓަނާ ނަގައިދިން ކޯނަރަކުން އޭރިއާ ތެރޭގައި ހުރި މާޒިޔާގެ ސާބިއާ ޑިފެންޑަރު ނެމަންޔާ ކާޓާލް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރު އަނަފަށް ރަނގަޅަށް ނުހިފިގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މާޒިޔާ އިން މެދުތެރޭގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ކުޅުނެވެ. އަދި އަރިމަތިން ނާއިޒް ހަސަން (ދާދު) އަދި ކޯނޭގެ ގިނަ ހުރަސްތަކެއް ނަގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކުރި އެވެ. މި ހާފުގެ ފުރަތަމަ ދިހަ މިނެޓަށް ބަލާއިރު އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އެވެ. އަރިމަތިން ދާދު ނަގައިދިން ހުރަސް ހުސްކޮށް އޮތް ގޯލަކަށް އިރޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ފެނުގައި ޖެހިފައި ބޭރުންނެވެ.

އޭގެ ފަހުން އޭރިއާ ބޭރުން އަސައްކޮ ފޮނުވާލި ބޯޅަވެސް ދިޔައީ ގޯލާ އަމާޒު ނުވެ އަރިމަތިން ބޭރަށެވެ. ލިބުނު ހިލޭ ޖެހުމަކުން ޓަނާ ނަގައިދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ސަމޫހު އަލީ (ސަމުއްޓެ) އަށްވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

މާޒިޔާ މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ޓަނާ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގޯލެއް ޖެހުމަށް މާޒިޔާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. ޔޫވީގެ ޑިފެންޑަރުން ނުވިސްނައި ތިއްބާ އޭރިއާ ބޭރުން ޓަނާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލުމުން އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ. ކީޕަރު އަނަފަށް އެ ބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެއް ނުކުރެވި ބޯޅަ ދިޔައީ އަތް ކައިރިން ތިރީ ކަނަށެވެ.

މާޒިޔާގެ ލީޑު ފުޅާކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދާދު އަށެވެ. ޓަނާ ދިން ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ފޮނުވާލުމުގެ ކުރިން ފަހަތުން އައި ޔުނައިޓެޑް ވިކްޓްރީގެ ޝިފާން ހަސަން (ޝިފާންޓޭ) ވަނީ ޓެކަލްކޮށް އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

މެޗު ނިމެން އުޅެނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަބްދުﷲ ޖުނެއިދު އަށް ގޯލެއް ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. ޓަނާ ނަގައިދިން ކޯނަރު ގޯލް އޭރިއާ ތެެރޭގައި ހުސްކޮށް ހުރެ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މިއީ މާޒިޔާގެ ކޯޗުކަމާ މި ފަހަރުގެ ލީގު ފެށުމުގެ ކުރިން ހަވާލުވި ޖެސިކްގެ ކޯޗުކަމުގައި އެ ޓީމުން ކުރާ މަސައްކަތުގައި ލިބުނު އިތުރު ފުރިހަމަ ކަމެކެވެ. މާޒިޔާއާ ހަވާލުވެގެން ފުރަތަމަ ކުޅުނު ފަސް މެޗުން މީގެ ކުރިން މޮޅުވި ހަމައެކަނި ކޯޗަކީ 2017 ވަނަ އަހަރު މާލޭ ލީގުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ މަރްޖާން ސެކުލޮސްކީ އެވެ. އޭނާ ވަނީ އެ ފަހަރު ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox