ގްރީން ސްޓްރީޓްސް ފަހަތަށް ޖައްސާލައި ޓީސީ ފަސް ވަނަ އަށް

ޓީސީގެ މުސްލިހު (ވ) ގްރީން ސްޓްރީޓްސްގެ ތޮއްޕޭ ކައިރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އެފްއޭއެމް

ޓީސީގެ މުސްލިހު (ވ) ގްރީން ސްޓްރީޓްސްގެ ތޮއްޕޭ ކައިރިން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުލަބް ގްރީން ސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ގްރީން އަތުން ހޯދި މޮޅާ އެކު ޓީސީ ވަނަ އަށް އެރީ ފަސް މެޗުން ހަ ޕޮއިންޓް ހަމަކޮށްގެންނެވެ. ގްރީން ސްޓްރީޓްސް އަށް ނަތީޖާ ނެރުމުގައި ގިނަ މައްސަަލަތަކެއް ކުރިމަތިވެފައިވާއިރު، މިރޭގެ ބައްޔާ އެކު އެ ޓީމު ވަނީ ލީގުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ.

މިރޭގެ މެޗަށް ގްރީން ސްޓްރީޓްސް ނުކުތީ ބަދަލުތަކަކާ އެކުގަ އެވެ. އެ ގޮތުން ސަސްޕެންޝަންގެ ސަބަބުން ކެޕްޓަން ރިލުވާން ވަހީދް (ރިލޭ) އަށް މި މެޗުގައި ނުކުޅެވުނުއިރު، އަނިޔާގެ ސަބަބުން މިޑްފިލްޑަރު އަލީ ޝާމިއު (މައިތޯ) ވެސް ހުރީ ކުޅުމާއި ދުރުގަ އެވެ.

ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ އިބްރާހިމް ހަސީބު އާއި ހުސައިން އަބްދުﷲ (އުޗީ) ވެސް މިރޭ ގްރީން ސްޓްރީޓްސް އިން ފަށާފައިނުވެ އެެވެ. ޓީސީ އަށް ބަލާއިރު، ހުސައިން އަހުސަމް މޫސާ (ތިއްތޭ) އާއި އަހުމަދު ސާމިއުގެ ބަދަލުގައި ކުޅެން ނެރުނީ އެޓީމާ އަލަށް ގުޅުނު ބިދޭސީ ފޯވާޑް އޮމަރު ހުސައިން ސަލާހު އަދި އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ.

ގްރީން ސްޓްރީޓްސްގެ ފަރުހާދު (ވ) ކައިރިން ޓީސީގެ ނިޝާމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެމް

މެޗުގެ ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ގްރީން ސްޓްރީޓްސް އިންނެވެ އޭރިއާ ބޭރުން މިޑްފިލްޑަރު ބެލްޖިއަމްގެ ޖޯޑީ ބާޓް ފޮނުވާލި ބޯޅަ ދިޔައީ ޓީސީގެ ގޯލުގައި ހުރި ސްރީލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ އަތަށެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޓީސީން ޖެހީ އޭގެ ތިން މިނެޓު ފަހުންނެވެ. މިއީ ޓީސީގެ އައިހަމް އަރިމަތިން ނަގައިދިން ހުރަސް ގޯލަށް ފޮނުވާލަން ވެގެން ފޯވާޑް ސަލާ އުޅުމުގެ ތެރޭގައި ގްރީންގެ މުހައްމަދު ފަރުހާން (ފަރުއްކޮ) ކުރި ފައުލަކަށް ރެފްރީ ޓީސީ އަށް ދިން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މި ގޯލް ޖަހައިދިނީ ޓީސީ ޖޯޒީގައި ފުރަތަަމަ ފަހަރަށް މިރޭ ފެނިލި ސަލާ އެވެ.

ފުރަތަމަ ހާފުގައި ޓީސީ އަށް ގޯލެއް ޖަހަން ލިބުނު ހުސް ފުރުސަތަކީ ޕެނަލްޓީ އެކަންޏެވެ. ޓީސީގެ ގޯލަށް ފަހު ގިނަ ހަމަލާ އުފައްދަން ފުރުސަތު ތަނަވަސްކުރީ ގްރީން ސްޓްރީޓްސް އިންނެވެ. އަރިމަތިން ކުރިއަށް ކުޅުނު އަހުމަދު ނާހިލް އިބްރާހިމް އާއި ހަސަން ނަޒީމް ގާސިމް (ޗޯޓު) ފުރުސަތުތައް ތަނަވަސްކޮށް ގޯލަށް ނުރައްކާކުރި އެވެ. އަދި މިޑްފިލްޑަރު ޖޯޑީ ވެސް ދެ ހަމަލާއެއް ފޮނުވާލި އެވެ. ބައެއް ބޯޅަތައް ކީޕަރު ސުޖަން ދިފާއުކުރިއިރު، ކެޕްޓަން މުހައްމަދު އަޖުފާން އަދި ޑިފެންޑަރު އަލާ ނަސްރު ގްރީންގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރި އެވެ.

މެޗުގެ ފުރަތަމަ ހާފާއި ދެ ވަނަ ހާފުގައިވެސް ގިނަ ފައުލްތަކެއް ފެނުނުއިރު ރެފްރީގެ ނިންމުންތަކަށް ދެ ޓީމްގެ ކުޅުންތެރިން ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ވަކިން ހާއްސަކޮށް ގްރީން ސްޓްރީޓްސްގެ ބެންޗުންނާއި ދަނޑަށް ވަދެ ތިބި ގްރީންގެ ސަޕޯޓަރުންގެ ވަރަށް ބޮޑަށް ރެފްރީގެ ނިންމުންތަކަށް ފާޑުކިޔެވެ.

ދެ ވަނަ ހާފަށް ބަލާއިރު ގްރީން ސްޓްރީޓްސް އިން ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް ގޯލެއް ޖަހަން ހުސް ފުރުސަތެއް ތަނަވަސް ނުކުރެވެ އެވެ. ޓީސީން ދެވަނަ ހާފުގައި ބޮޑަށް ކުޅުނީ ޑިފެންސަށް އިސްކަންދީގެން ފަހަތަށް ކުޅުންތެރިން ގިނަ ކޮށްލައިގެންނެވެ. ޓީސީ އަށް މި މެޗުގެ ތިން ޕޮއިންޓް ހޯދަން އެހީތެރިވެދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ދޭން ޖެހޭ ސުޖަން ވަނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ވާދަކުރާނެ އެވެ. އަދި މާދަމާ ރޭ ކްލަބް އީގަލްސް ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox