ޓީސީ ބަލިކޮށް ވެލެންސިއާ ދެ ވަނަ އަށް

Mar 4, 2022, 12:51 PM
ޓީސީ ބަލިކޮށް ވެލެންސިއާ ދެ ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް ކްލަބް ވެލެންސިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މި ހަފްތާގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ކްލަބް އީގަލްސް ކުޅުނު މެޗު އެއްވަރުވުމުން މިއަދު ޓީސީ ބަލިކޮށްގެން ދެ ވަނައިގައި ލީޑެއް ނެގުމުގެ ފުރުސަތު ވެލެންސިއާ އަށް ވަނީ ހުޅުވިފަ އެވެ. ވެލެންސިއާ މިއަދު މޮޅުވުމުން މާޒިޔާގެ ލީޑު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ.

ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން މާޒިޔާ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތްއިރު، ވެލެންސިއާ ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ހަތަރެއްގައި އޮތް އީގަލްސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ދެ ހަމަލާ ފޮނުވާލީ ޓީސީގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) އެވެ. ހަތަރު ވަނަ މިނިޓްގައި މުއްޓި ވޮލީއަކުން ޖެހި ބޯޅަ ދަނޑިކައިރިން ދިޔައިރު، އޭގެ މިނިޓެއް ފަހުން އޭރިއާތެެރެއިން މުއްޓި ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ފުރަަތަމަ 10 މިނިޓަށް ފަހު ރަނގަޅަށް ކުރިއަށް ޖެހިގެން ކުޅެން ފެށިތާ ހަތަރު މިނިޓް ތެރޭގައި ލަނޑު ޖެހި އެވެ. މިއީ ޕެނަލްޓީ އަކުން ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން ޖެހި ގޯލެކެވެ. މި ޕެނަލްޓީ އަކީ ޓީސީގެ އޭރިއާތެރެއިން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ކުރި ފައުލަކަށް ރެފްރީ އަބްދުﷲ ޝާތިރު ދިން ޕެނަލްޓީ އެކެވެ.

ނަތީޖާ ހަމަހަމަކުރަން ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފަށައި މެޗުގެ 23 ވަނަ މިނިޓްގައި އޭރިއާބޭރުން އަހުމަދު ސާމިއު ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ވެލެންސިއާގެ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ކައުންޓަ އެޓޭކެއްގައި ބޯހަސް ހުސްކޮށްލާފައި ޔާނު އަށް ދިން ބޯޅައިގައި އޭނާ އަށް ފޮނުވާނުލެވި ފުރުސަތު ގެއްލުނީ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފް ފެށީ ވެސް ޓީސީގެ އެޓޭކަކުންނެވެ. މި ފަހަރު ވެސް މުއްޓި ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ވެލެންސިއާގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނީ 66 ވަނަ މިނިޓްގަ އެވެ. ބޯހަސް އޭރިއާތެެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ޔާނު އަށް ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ދެ މިނިޓް ފަހުން ބޯހަސް އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ޓީސީގެ ކީޕަރު ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނެގި ހުރަހަކުން ޔާނު ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޓީސީގެ ހަމްދޫން އަބްދުލް ލަތީފް ފޮނުވާލި ތިން ބޯޅަ ވެސް ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 89 ވަނަ މިނިޓްގައި އަހުމަދު ރިލްވާން (ރިލޭ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބޯހަސް އޭރިއާތެރެއިން ހުސްކޮށްލާފައި ރިލޭ އަށް ދިން ބޯޅަ ފޮނުވާލުމުން ޓީސީގެ ކެޕްޓަން މުހައްމަދު އަޖުފާން ވަނީ ބްލޮކްކޮށްފަ އެވެ.

ލީގުގައި މިރޭ ކުޅޭނީ ސަސް އާއި ގްރީން ސްޓްރީޓްސް އެވެ. ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox