ދަ ގްރާންޑޭ ބަލިކޮށް މާޒިޔާ އެއް ވަނައިގައި ހަމަޖެހިލައިފި

Mar 3, 2022, 5:50 PM
ދަ ގްރާންޑޭގެ އުސާމާ (ވ) ކައިރިން މާޒިޔާގެ ޓަނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދަ ގްރާންޑޭގެ އުސާމާ (ވ) ކައިރިން މާޒިޔާގެ ޓަނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގު ތާވަލުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.

ލީގުގައި މާޒިޔާ އިން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާއިރު، ބައިކޮޅަށް ގޯލެއް ވަދެފައި ނުވެ އެވެ. މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން އެ ޓީމަށް ގެނައި، ސާބިއާ ކޯޗު މަޔޮޑްރަގް ޖެސިކްގެ ބެލުމުގެ ދަށުން އަދި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

ދަ ގްރާންޑޭ އަތުން ހޯދި ތިން ޕޮއިންޓާ އެކު މާޒިޔާ އަށް ވަނީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެ ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ކްލަބް އީގަލްސް ވަނީ މިއަދު ހަވީރު 1-1 އިން އެއްވަރުވެފަ އެވެ. ދެ ޓީމަށް ވެސް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އޮތް ވެލެންސިއާ އެވެ. މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން ވެލެންސިއާ އަށް ދެ ވަނަ އަށް އެރޭނެ އެވެ.

ޓަނާ މާޒިޔާގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އެއްކޮށް ޑޮމިނޭޓް ކޮށްގެން ކުޅެމުން ދިޔައީ މާޒިޔާ އެވެ. އެ ޓީމުން ވަނީ މެޗު ފަށައިގެން މާގިނައިރެއް ނުވެ މޮޅު ގޯލެއް ޖަހައި ލީޑުނަގައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި މާޒިޔާގެ ގޯލު ޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ހުރަހަކުން ޓަނާ އެއް ފަހަރުން ވޮލީ އަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މާޒިޔާ އަށް ބަދަލުވި ފަހުން ޓަނާ ޖެހި ދެ ވަނަ ގޯލެެވެ.

މެޗުގެ 16 ވަނަ މިނިޓްގައި ޓަނާ ނެގި ކޯނަރަކުން އެ ޓީމުގެ އިބްރާހިމް އައިސަމް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން ހަމްޕު ޖެހި ބޯޅައެއް ދަ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 20. ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުފުޅާކުރީ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ޖެހި ގޯލަކުންނެވެ. މިއީ ޓަނާ ނަގައިދިން ކޯނަރަކުން އިރޭ ބޮލުން ޖެހި ގޯލެކެވެ.

ކައުންޓަ އެޓޭކުގައި ދަ ގްރާންޑޭގެ ލަންކާ މިޑްފީލްޑަރު ޗަމޯދު ދިލްޝާން ޖެހި ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، ދަ ގްރާންޑޭގެ ކެޕްޓަން ގާސިމް ސައްމާމު (ސައްމެ) ޖެހި ހިލޭޖެހުމެއް އަމާޒުވީ މާޒިޔާގެ ކީޕަރު ނޭޕާލުގެ ކިރަން ކުމާރް އަތަށެވެ.

ދަ ގްރާންޑޭގެ ޝަމާލް (ކ) ކައިރިން މާޒިޔާގެ ދާދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ތިން ވަނަ ގޯލެއް ޖެހޭތޯ ވެސް މަސައްކަތް ކުރި އެވެ. އެ ގޮތުން ލިބުނު ފުރުސަތެއްގައި މާޒިޔާގެ ވާތު ބެކް ހައިޝަމް ހަސަން (ބިޑި) ނެގި ހުރަަހަކުން އެ ޓީމަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ ކޯނޭ ވަނީ މާޒިޔާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ދިން ބޯޅައަކުން ކޯނޭ ބޮޮލުން ޖެހި ގޯލެކެވެ.

މެޗުގެ އިތުރު ވަގުތުގައި މާޒިޔާގެ އަބްދުﷲ ޖުނައިދު (ޖެންނެ) އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox