ޔުނައިޓެޑް ވިކްޓްރީ އާއި އީގަލްސް ޕޮއިންޓަކުން ފުއްދާލައިފި

Mar 3, 2022, 1:29 PM
އީގަލްސްގެ ޖިއަކޯމޯ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްްޓްރީގެ ޓޯނީ މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އީގަލްސްގެ ޖިއަކޯމޯ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްްޓްރީގެ ޓޯނީ މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) 1-1 އިން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑް ވިކްޓްރީ ވަނީ މި މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެއް ގޯލުން މޮޅުވެފަ އެވެ. އީގަލްސް އިން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ. ދެ ޓީމުން ވެސް މިއަދު ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، މިއީ ދެ ޓީމަށް ވެސް ލީގުގެ މަގާމުތަކަށް ބަލާއިރު ޕޮއިންޓް ގެއްލުނު ދުވަހެކެވެ. މާޒިޔާ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ތިން ވަނައިގައި އޮތް އީގަލްސް އަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން އެއް މިނިޓް 30 ސިކުންތުތެރޭގައި އީގަލްސް އަށް ލީޑުނަގައިދޭން އެ ޓީމުގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އީގަލްސްގެ އިޓަލީ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ މަތިން އޭރިއާތެެރެއަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ރިޒޭ ތިރިތިރިން ގޯލަށް ޖަހަން މަސައްކަތްކުރި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދު ވަނީ މަތަކޮށްފަ އެވެ.

އީގަލްސްގެ އައްމަޑޭ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑް ވިކްޓްރީގެ ޝިފާންޓެ މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔުނައިޓެޑް ވިކްޓްރީން ވަނީ މެޗުގައި ލިބުނު ފުރަތަމަ ރަނގަޅު ފުރުސަތުގައި ލީޑުނަގައިފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި މި ގޯލު ޖެހީ ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ހިލޭ ޖެހުމަކުން ޖެހި ބޯޅަ އީގަލްސް ކީޕަރު ލެބަނަންގެ މުހައްމަދު ތޯހާ އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ޓީމުގެ އިވާން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީން ލީޑުނެގިތާ ދެ މިނިޓް ފަހުން އީގަލްސް އަށް އެއްވަރުކޮށްދޭން ރަނުގެ ފުރުސަތެއް ރިޒޭ އަށް ލިބުނެވެ. ހިސާމް ސަލީމް (ކޮކީ) މުޅިން ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ރިޒޭ ކުޑައޭރިއާ ރޮނގުކައިރީގައި ހުރެފައި ބޮލުން ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުފުޅާކޮށްދޭން އަލީ ހަމްދާން (އައްޔަ) ނެގި ހުރަހަކުން އިވާން ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް ވަންނަން ދަނިކޮށް ކީޕަރު ތޯހާ ވަނީ ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާުފު ނިމުމުގެ ކުރިން އީގަލްސް އަށް އެއްވަރުކޮށްދޭން ރިޒޭ ދިން ބޯޅައެއް އޭރިއާތެެރެއިން އެ ޓީމުގެ އިބްރާހިމް މައިޝާން ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފަޔަށް އަރާގޮތެއް ނުވެ، އެ ފުރުސަތު ގެއްލުނީ އެވެ.

އީގަލްސްގެ މައިސާން (ކ) ޔުނައިޓެޑް ވިކްޓްރީގެ އާދިލް ކައިރިން ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި އީގަލްސް އަށް ލިބުނު ކޯނަރެއްގައި ގޯލު ޖަހަން އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޔުނައިޓެޑް ވިކްޓްރީ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

އޭގެ ފަހުން ބަދަލެއްގެ ގޮތުގައި ކުޅެން އެރި އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ. އާންމު ގޮތެއްގައި ޑިފެންސްގެ މަގާމުތަކަށް ކުޅޭ ނޫމާން މި މެޗުގައި އެންމެ ފުރަތަމަ ކުޅެން ނެރުނީ ވިންގަކަށެެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުފުޅާކޮށްދޭން މެޗުގެ 70 ވަަނަ މިނިޓްގައި އޭރިއާބޭރުން ޓޯނީ ވަނީ ބާރު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭނާ ޖެހި ޝޮޓް ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

އީގަލްސް އިން އެއްވަރުކުރީ މެޗުގެ 86 ވަނަ މިނިޓްގަ އެވެ. މިއީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ދެ ކުޅުންތެރިން ގުޅިގެން އުފެއްދި އެޓޭކެއްގައި ޖެހި ގޯލެކެވެ. އީގަލްސް އިން އެންމެ ފަހުން ސަސް އަތުން މޮޅުވިއިރު، ގޯލު ޖެހި އަބްދުﷲ ޒިޔާން ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އެ ޓީމުގެ އަލީ އަޒުވާން އަބްދުލް އަޒީޒަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އީގަލްސް އިން މެޗުގެ ފަހުކޮޅުގައި ކުރިއަށް ޖެހިގެން އިތުރު ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ކުޅޭނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox