ބޮޑީބޯޑިން: 7 އަހަރަށް ފަހު "ބުރުނު ޝިކާރު"ގެ އެނބުރި އައުން

Mar 2, 2022, 3:17 PM
ބޮޑީބޯޑިން: 7 އަހަރަށް ފަހު "ބުރުނު ޝިކާރު"ގެ އެނބުރި އައުން

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ހަތް އަހަރަށް ފަހު އަލުން ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްބީބީއޭގެ ހަރަކާތްތައް ރަސްމީ ސިފައެއް ޖެހިގެން ފެށުނުއިރު، އެންމެ ފުރަތަަމަ ބޭއްވި އެއް މުބާރާތަކީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް އެވެ. އެ ގޮތުން 2013 ވަނަ އަހަރު ފަށައި، އޭގެ ތިން މުބާރާތް ޖެހިޖެެހިގެން ތިން އަހަރު ބޭއްވި އެވެ. އެކަމަކު، ފަހުން އެކި ސަބަބުތަކާ ހުރެ އެ މުބާރާތް އޮތީ ހުއްޓިފަ އެވެ.

މި އަހަރު އެ މުބާރާތް އަލުން އެ ބާއްވަނީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މި ފަހަރުގެ މުބާރާތަކީ އެމްޓީސީސީ ބުރުނު ޝިކާރު ޗެލެންޖް 2022 އެވެ. އަލުން ފަށާއިރު، މުބާރާތް އޮތީ ތާރީހީ ކަމަކާ ވެސް ގުޅިފަ އެވެ. އެ މުބާރާތަކީ ރާއްޖޭގައި މުޅިން އަލަށް މި ފަހަރު ފަށާ، ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތެވެ. އެހެންކަމުން، މިއީ ކޮންމެ ގޮތެއް ވިޔަސް ތާރީހީ މުބާރާތަކަށް ވާނެ އެވެ.

ރާޅުގަނޑު ސަރަހައްދުގައި މި މަހުގެ 20-30 އަށް ބާއްވަން ޝެޑިއުލްކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެމްބީބީއޭ އިން އޮތީ މި މަހު 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. މެންސް އޯޕަންސް އާއި ޖޫނިއާ ޑިވިޝަންގައި ވާދަކުރެވޭނެ އެެވެ.

މި އަހަރުގެ ކަލަންޑަރުގައި ބޮޑީބޯޑިން ލީގެއްގެ ގޮތުގައި ޖުމްލަ ހަ އިވެންޓެއް ވަނީ ހިމަނައިފަ އެވެ. އެއީ މި މަހު 20-30 އަށް އޮތް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، މެއި 26 އިން ޖޫން 4 އަށް އޮތް ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ޖުލައި 14-23 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖް، ސެޕްޓެމްބަރު 10 ގައި އޮންނަ ސުލްޓާން އޮފް ތަނބުރުދޫ، އޮކްޓޫބަރު 6-15 އަށް ބާއްވާ އަދަހުކުރު ގޮންޖެހުން އަދި އޮކްޓޫބަރު 6-15 އަށް ބާއްވާ މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ.

މި އިވެންޓްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ފަސް މުބާރާތް އޮންނާނީ މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެއް އިވެންޓް، ކ.ތަނބުރުދޫގައި ކުރިއަށްދާނެ އެވެ.

އެމްބީބީއޭ އިން ބޭއްވި އިވެންޓެއްގެ ތެރެއިން ބޮޑީބޯޑަރުން އިވެންޓެއް ނިންމުމަށް ފަހު ބޭއްވި އުފާފާޅުކުރުމެއްގެ ތެރެއިން.-- ފޮޓޯ: އެމްބީބީއޭ/ ލިކުއިފައި މޯލްޑިވްސް

އެމްބީބީއޭ އިން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓައް ބޭއްވުމުގެ ހުށަހެޅުންތައް ލިބެމުންދާތީ ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ބާއްވާ އިވެންޓްތައް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ބޮޑީބޯޑިންގެ ފޯރި އިތުރަށް ވަރުގަދަކޮށްލުުމުގެ ބޭނުމުގައި ފަށާ ގައުމީ ލީގުގައި ކުރިއަށްދާ އުސޫލަށް ބަލާއިރު، ކޮންމެ ލީގުގައި ހިމެނޭ ކޮންމެ އިވެންޓަކުން ނޫނީ މުބާރާތަކުން ޕޮއިންޓް ލިބޭނެ އެވެ. ޖުމްލަ ރޭންކިން ކަނޑައެޅޭނީ ހަ މުބާރާތް ނިމުމުންނެވެ. އަހަރު ނިމޭއިރު ރޭންކިންގެ އެންމެ ކުރީގައި އުޅޭނީ އަހަރުގެ އެއް ވަނަ ބޮޑީބޯޑަރެވެ. އަދި ރޭންކިންގެ ގަދަ ހަތަރެއްގައި އޮންނަ ބޮޑީބޯޑަރުން ވާނީ ޖެހިގެން އަންނަ އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމަށެވެ.

ގައުމީ ބޮޑީބޯޑިން ލީގު ހާއްސަވަނީ ހަމައެކަނި ސީނިއާ ކެޓަގަރީ އަކަށް ނޫނެވެ. ޖޫނިއާ ކެޓަގަރީން ވެސް އެންމެ ކުރިން ނިންމާ ހަތަރު ބޮޑީބޯޑަރުން ނަގައި، ޖޫނިއާ ޓީމެއް ނަގާ ގޮތަށް ވެސް ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ. ބޮޑީބޯޑަރުންނާއި އެމްބީބީއޭ އަށް އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އަހަރު ފަހުކޮޅުގައި އެސޯސިއޭޝަންގެ ހާއްސަ އިވެންޓެއް ބާއްވަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox