ޒުވާން ފޯވާޑް ބައްސާމަށް ސީރިއަސް އަނިޔާއެއް

ޒުވާން ފޯވާޑް ބައްސާމް: ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ހުރީ ކުޅުމާ ދުރުގައި.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޒުވާން ފޯވާޑް ބައްސާމް: ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ހުރީ ކުޅުމާ ދުރުގައި.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އައި ހުނަރުވެރި ޒުވާން ފޯވާޑް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)ގެ ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސް އޭނާ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 21 އަހަރުގެ ބައްކު އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކްލަބް ގްރީން ސްްޓްރީޓްސްއާ ދެކޮޅަށް ޔުނައިޓެޑް ވިކްޓްރީ ކުޅުނުު މެޗުގެ ފުރަތަމަ ހާފުގަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ބެންޗު ކައިރިން ބައްކު ބޯޅައަކަށް ދަނިކޮށް ގްރީން ސްޓްރީޓްސް ކުޅުންތެރިއަކު ގައިގައި ޖެހިފައި ވެއްޓި، ކޮނޑު ކަށިގަނޑު ޖެހުނު ގޮތަކުން އަނިޔާވެގެން ވަނީ ވަގުތުން ބަދަލުކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް ވެލެންސިއާގެ ފައިސަލް (ކ) ކައިރިން ބޯޅަ ހިފައިގެންދާން ބައްކު މަސައްކަތްކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ ޓީމު މެޑިކަލް އޮފިސަރު، އަބްދުލް ހަކީމް މޫސާ (ހަކީމްބެ) ބުނީ ބައްކު ވެއްޓިފައި ޖެހުނު ގޮތުން އޭނާގެ ކޮނޑު ކަށިގަނޑު ކައިރިން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، މިހާރު ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އަށް ދައްކާފައި، އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރާއްޕެ ބުނީ ބައްކު އަށް ލިބިފައިވާ އަނިޔާގެ ކަންކަން ބެލުމަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ ލަފާ ވެސް ހޯދާފައިވާ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ވީ އެންމެ އަވަހަށް އޮޕަރޭޝަނެއް ކުރުން ކަމަށާއި ބެލެވޭ ގޮތުގައި އެންމެ އަވަހަށް ވެސް ބައްކު އަށް ކުޅުމަށް އާދެވޭނީ ދެ މަހެއްހާ ދުވަސް ފަހުން ކަމަށް ރާއްޕެ ވަނީ ބުނެފަ އެވެ.

ފުޓްބޯޅައިގެ އަތޮޅެއް ކަމަށްވާ ބ އަތޮޅުގެ، ފެހެންދޫ އަށް އުފަން ބައްކު މީގެ ތިން އަހަރެއް ކުރިން 2019 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީގެ ސީނިއާ ޓީމުން ކުޅުން ފަށައި މިހާތަނަށް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ.

އެ ގޮތުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިން ކުޅުނެވެ. ކޮލިފައިންގައި އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ބައްކު ހިމެނެ އެވެ. ސީޒަނުގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގައި ބައްކު ދެއްކި ކުޅުމުގެ ސަބަބުން މިދިޔަ ޖެނުއަރީ މަހު ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ސްކޮޑެއް ނަގައިގެން ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަންތަކެއް ގެންދިޔައިރު، ޓީމުން ވަނީ ބައްކު އަށް ފުރުސަތު ދީފަ އެވެ.

އެކަމަކު، ކޮނޑަށް މި ދިމާވި އަނިޔާއާ ހެދި ބައްކު އަށް ގައުމީ ޓީމުން މި މަހު 24 ވަނަ ދުވަހު މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ފުރުސަތެއް ނުލިބޭނެ އެވެ.

ޖެނުއަރީ މަހު ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ބައްކު (ކ).-- ފޮޓޯ: އެފްއޭއެމް

ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކަކަށް އަންނަނީ އަނިޔާގެ މައްސަލަ ދިމާވަމުންނެވެ.

އެ ގޮތުން ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު އާރިފް (ބަކާ) އާއި ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އަދި ނާވީ މުހައްމަދު އަނިޔާއާ ހެދި މި ވަގުތު ކުޅުމާ ދުރުގައި ހުރިއިރު، ކްލަބް ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، އިސްމާއިލް އީސާ (މެސީ) އަދި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވެސް ހުރީ އަނިޔާގަ އެވެ.

މީގެ އިތުރުން ކްލަބް އީގަލްސް އަށް ފާއިތުވި މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އައި ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ދާދި ފަހުން ނިމުނު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ގޯލު ޖެހި ޒައިން ޒަފަރު ވެސް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން ނުކުޅެ އެވެ.

މިހާރު ކުޅުންތެރިންނަށް ކުރިމަތިވަމުން އަންނަ އަނިޔާގެ ސަބަބުން ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަށް ނަގާ ސްކޮޑުން ބަދަލުތަކެއް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox