އުރީދޫ ދިވެހި ޕްރިމިއާ ލީގު: ޓީސީ އަތުން މޮޅުވެ މާޒިޔާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގު: ޓީސީ އަތުން މޮޅުވެ މާޒިޔާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކުލަބް އަތުން 3-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ޓީސީ އަތުން ހޯދި މޮޅާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާ އެކުގަ އެވެ. ޔުނައިޓެޑް ވިކްޓްރީ، ވެލެންސިއާ އަދި އީގަލްސް އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ތިން ޓީމުގެ ތެރެއިން ފައިދާ ގޯލަށް ބަލާއިރު، ކުރި ލިިބޭތީ ދެ ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީ އަށެވެ. ތިން ވަނައިގައި އޮތީ ވެލެންސިއާ އެވެ. މިރޭގެ މެޗުން ބަލިވި ޓީސީ އޮތީ ލީގު ތާވަލްގެ ހަ ވަނައިގައި ތިން ޕޮއިންޓާ އެކުގަ އެވެ.

މިރޭގެ މެޗު ފަށައިގެން މާޒިޔާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިންގެ ކުޅެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެ ގޮތުން ސްޕެއިނުގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. މާޒިޔާއަށް މެޗުގެ ފުރަތަމަ ގޯލް ޖަހައިދިނީ އިބްރާހިމް އައިސަމް އެވެ. އަރިމަތިން ނެގި ހުރަސް ގޯލް އޭރިއާ ތެރޭގައި ހުރެފައި އައިސަމް ގޯލަށް ވައްދާލީ ބޮލުންނެވެ.

ޖުމްލަކޮށް ބަލާއިރު ފުރަތަމަ ހާފުގައި މާޒިޔާ އިން ޖެހި ގޯލުގެ އިތުރުން މާ ހުސް ފުރުސަތުތަކެއް ދެ ޓީމަށް ވެސް ނުލިބެ އެވެ. ފައުލްތައް ގިނަކޮށް ފެނުނު މި ހާފުގައި ރެފްރީގެ ނިންމުން ތަކަށް ދެ ޓީމުން ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ދެ ވަނަ ހާފުވެސް މާޒިޔާއިން ފެށީ ވަރުގަދަ ކޮށެވެ. ހާފުގެ ކުރީކޮޅު އޭރިއާ ތެރެއިން މާޒިޔާ އަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ލިބުނު ބޯޅަ އޭނާ ވާތުފައިން ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލަން އުޅުނު ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މާޒިޔާގެ ނާއިޒް ހަސަން (ދާދު) ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. މެޗުގެ 53 ވަނަ މިނެޓުގައި އޭރިއާގެ އަރިމަތިން ލިބުނު ފުރުސަތެއްގައި ދާދު ފޮނުވާލި ބާރު ހަމާލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން ކޯނޭ ނަގައިދިން ހުރަހަކުން އައިސަމް ބޮލުން ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ.

މެޗުގެ 60 ވަނަ މިނިޓާއި 62 ވަނަ މިނިޓުގައި މާޒިޔާގެ ލީޑް ފުޅާކުރަން ފޯވާޑް ކޯނޭ އަށް ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ފުރަތަމަ ލިބުނު ބޯޅައާ އެކު އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބާރު ހަމަލާ ޓީސީގެ ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ ދިފާއުކުރި އެވެ. އޭގެ ފަހުން އޭރިއާ ރޮނގުމަތީގައި ހުރެ ގޯލްގެ ތިރީ ކަނަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މާޒިޔާގެ އައިސަމަށް މެޗުގެ 73 ވަނަ މިނިޓުގައި ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ލިބުނު ހިލޭ ޖެހުމަކުން ޓަނާ ނަގައިދިން ހުރަސް އައިސަމް ހުސްކޮށް އަރާ ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ޓިސީން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅައަކީ ލިބުނު ހިލޭ ޖެހުމަކުން 77 ވަނަ މިނެޓުގައި މުހައްމަދު މުސްލިހު ފޮނުވާލި ހަމަލާ އެވެ.

މާޒިޔާ އިން ދެ ވަނަ ގޯލާއި ތިން ވަނަ ގޯލް ޖެހީ ޖެހި ޖެހިގެން ދެ މިނެޓުގެ ތެރޭގަ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި ފަހަތުން ލިބުނު ބޯޅަ ޕާސްކުރަމުން ގޮަސް އޭރިއާ ބޭރުން ޓަނާ ބޯޅަ ހޯދައިދިނީ ކޯނޭ އަށެވެ. އޭނާ އެ ބޯޅައާ އެކު ކައިރިގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލާފައި ތިރިތިރިން ފޮނުވާލި ބޯޅަ ކީޕަރު ސުޖަން އަތް ދަށުން ގޮސްވަނީ ގޯލްގެ ތެރެއަށެވެ. މިއީ މިހާތަނަށް ލީގުގައި ފެނުނު ގޯލްތަކަށް ބަލާއިރު މޮޅު ޓީމް ގޯލެކެވެ. ކޯނޭ މި ގޯލް ޖެހުމުގެ ކުރިން މާޒިޔާއިން ބޯޅަ ގެއްލުވާ ނުލައި ޓީސީގެ އޭރިއާ ބޭރުގައި އަވަސް ޕާސްތަކެއް ކޮށް ޑިފެންސަށް ބާރު ބޮޑުކުރި އެވެ.

މާޒިޔާގެ ތިން ވަނަ ގޯލް ހަމްޒާ މުހައްމަދު (ހަމްޕު) ޖެހީ ޓީސީގެ ދެ ޑިފެންޑަރުން ކައިރީން ނައްޓާފައި ގޮސް ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ހަމްޕު ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ކީޕަރު ސުޖަން ހުރި ކައިރި ފަޅީގެ މަތީ ކަނަށެވެ. މިއީ އިންޑިވިޖުއަލް ހުނަރަށް ބަލާއިރު މޮޅު ގޯލެކެވެ.

ހަމްޕުގެ ގޯލް ޖެހިތާ ހަތަރު މިނެޓު ފަހުން އޭނާއަށް މާޒިޔާގެ ހަތަރު ވަނަ ގޯލް ޖަަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. މިފަހަރު ކައިރީގައި ހުރި ދެ ޑިފެންޑަރު ކައިރިން ނައްޓާފައި ގޮސް ކީޕަރު ސުޖަން ކައިިރިން ނައްޓާފައި ގޮސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން ކުޅެން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގަ އެވެ. އެ ދުވަހު ހަވީރު ކުޅޭނީ ކުލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

ހިތްހަމަނުޖެހިފައި ހުރި އުރްބާނީގެ ފާޑުކިޔުން ރެފްރީންނަށް

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން އަތުން ރާއްޖެ ބަލިވި މެޗަށް ފަހު، ކޯޗު އުރްބާނީ ވަނީ ރެފްރީގެ ނިންމުންތަކަށާއި ވީއޭއާރް ބޭނުންނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔާފައި. މީގެ އިތުރުން، މުބާރާތަށް ރާއްޖެ ތައްޔާރުވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އުރްބާނީ ވަނީ ގިނަ ޝަކުވާތަކެއް ކޮށްފައި.

ބޫޓާނުން ލަންކާ ހުއްޓުވިއިރު، ބަންގްލަދޭޝް ސެމީ އަށް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާއި ސްރީލަންކާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމާ ގުޅިގެން، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެ. މި މެޗުގައި ބޫޓާނުން ފުރަތަމަ ލީޑު ނެގި ނަމަވެސް ލަންކާއިން ދެ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ބޫޓާނުން މެޗު އެއްވަރުކުރީ ފަހު ހާފުގައި ޗެންޗޯ ޖެހި ގޯލުން.

ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީ އަށް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި 3-0 އިން ރާއްޖެ ބަލިކޮށް ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި. މިއީ ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ރާއްޖެއަށް ސެމީގެ ފުރުސަތު ދެން އޮތީ ތިން ގޯލުގެ ތަފާތުން އިންޑިއާ ބަލިކޮށްގެން

މިސްރު ކޯޗު މަގާމުން ވަކިކޮށްފި

އާއިލީ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައި ވަނިކޮށް، މިސްރުގެ ފުޓްބޯޅަ ޓީމުގެ ކޯޗު ހޮސާމް މަގާމުން ވަކިކޮށް، އެ މަގާމަށް މާހިރު އައްޔަންކޮށްފި. މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ނިންމުން ނިންމީ ޓީމުގެ އަބުރު ހިމާޔަތްކުރުމަށް ކަމަށް ބުނެފައިވާއިރު، މީގެ ކުރިން ހޮސާމްގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައި.

ސާފް މުބާރާތްތަކަށް ވީއޭއާރް މުހިންމު: ނިޒާމްބެ

ސާފް ޗެމްޕިއަންޝިޕްގެ މުހިންމު މެޗުތަކުގައި "ވީއޭއާރް ލައިޓް" ބޭނުންކުރަން ނިންމުމަކީ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު މުހިންމު ކަމެއް ކަމަށް ކޯޗު ނިޒާމްބެ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި މި ނިޒާމުގެ ސަބަބުން ރެފްރީންގެ ނިންމުންތަކަށް ކުޅުންތެރިން ކުރާ އިތުބާރު ބޮޑުވެ، މުބާރާތުގެ ފެންވަރު ރަނގަޅުވެގެންދާނެ.

ރަންނަމާރި ޗެލެންޖު އިބޫ އާއި އާލިޔާ އަށް، ސާފް ލީގު ޔަސިން އަށް

ގައުމީ ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) ހޯދިއިރު، އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އާލިޔާ ލަތީފް. މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދިއިރު، އޭނާ ވަނީ މިއަހަރުގެ ގައުމީ ސާފިން ލީގުގެ ޓައިޓަލް ވެސް ކާމިޔާބުކޮށްފައި.

Newsletter

Get the latest news delivered straight to your inbox