ގްރީން ސްޓްރީޓްސް ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ ކުރިއަށް

Feb 26, 2022, 6:46 PM
ގްރީން ސްޓްރީޓްސްގެ ޝާމިސް (ވ) ކައިރިން ޔުނައިޓެޑް ވިކްޓްރީގެ އިވާން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގްރީން ސްޓްރީޓްސްގެ ޝާމިސް (ވ) ކައިރިން ޔުނައިޓެޑް ވިކްޓްރީގެ އިވާން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ޔުނައިޓެޑް ވިކްޓްރީން އެންމެ ފަހުން ކުޅުނު މެޗުގައި ދަ ގްރާންޑޭ އަތުން މޮޅުވިއިރު، ގްރީން ސްޓްރީޓްސް ވަނީ ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ. އެހެންވެ، ޔުނައިޓެޑް ވިކްޓްރީ އާއި ގްރީން ސްޓްރީޓްސް އިން ވެސް މިރޭގެ މެޗަށް ނުކުތީ މޮޅެއް ހޯދައި، ރަނގަޅު ފޯމު ކުރިއަށް ގެންދިއުމަށެވެ.

ޔުނައިޓެޑް ވިކްޓްރީ މިރޭ ހޯދި ތިން ޕޮއިންޓާ އެކު ވަނީ ލީގުގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނިފަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެން އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ލަނޑުގެ ތަފާތުން ކުރި ލިބޭއިރު، ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާ އޮތީ އެއް މެޗު އިތުރަށް ކުޅެގެން ލަނޑުގެ ގޮތުން އެއްވަރުވެފަ އެވެ.

މިރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ޖެހި ބޯޅަ އަމާޒުވީ ގްރީން ސްްޓްރީޓްސްގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އަތަށެވެ. އޭގެ އިރުކޮޅެއް ފަހުން ގްރީން ސްޓްރީޓްސްގެ ކުރިއަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ އަށް ހުސް ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. މެޗުގެ 21 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދު ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ބައްސާމް (ކ) ގްރީން ސްޓްރީޓްސްގެ ނާހިލް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) ހުސްކޮށް ވަދެ އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ކީޕަރު ސާގިބް އަތަށެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީން ލީޑުނެގި އެވެ. މި ގޯލު ޖެހީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް އެވެ. އޭރިއާތެެރެއިން އިވާން އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން އެއްވަރުކުރަން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، މެޗުގެ 77 ވަނަ މިނިޓްގައި އެ ޓީމުގެ އަވީލާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޗޯޓު ހުރަސްކޮށްލި ބޯޅައެއް ހުސްކޮށް އަރައި އަވީލާ ބޮލުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުފުޅާކޮށްދޭން މުސައްނިފު މުހައްމަދާއި އައްޔަ ޖެހި ޝޮޓްތައް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގެ ފަހު ކޮޅުގައި ގްރީން ސްޓްރީޓްސް އިން ދިޔައީ ފުލުފުލުގައި އެޓޭކްކުރަމުންނެވެ. އޭގެ ތެރެއިން ބޯޅައެއްގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ޖެހި ބޯޅައެއް ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިއަކު އަތުގައި ޖެހުނު ކަމަށް ބުނެ، ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ އަފްޝީން ނަސީރު ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

ލީގުގައި މާދަމާ ހަވީރު ކްލަބް އީގަލްސް ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ. މާދަމާރޭ ޓީސީ އާއި މާޒިޔާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox