ވެލެންސިއާ އަށް ދަ ގްރާންޑޭ އަތުން އުނދަގޫ މޮޅެއް

Feb 26, 2022, 1:14 PM
ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް ވެލެންސިއާ އިން 1-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ވެލެންސިއާ އިން މި މެޗަށް ނުކުތްއިރު، އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް ވަނީ ބަލިވެފަ އެެވެ. އެހެންވެ، މިއަދު ދަ ގްރާންޑޭ އަތުން އުނދަގުލުން މޮޅުވި ކަމުގައި ވިޔަސް މިއީ އެ ޓީމުން ފަރުޖައްސައިލާނެ ނަތީޖާއެކެވެ. ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ލީގުގެ ދެ ވަނައިގަ އެވެ.

ވެލެންސިއާ އިން މި މެޗާ ކުރިމަތިލީ ވެސް އަނިޔާ އާއި އެހެނިހެން ސަބަބުތަކަކާ ހެދި ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލަ އެެވެ. އެ ގޮތުން ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)، ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަދި މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހުރީ ޓީމާ ދުުރުގަ އެވެ. ދަ ގްރާންޑޭގެ ލަންކާ ފޯވާޑް މުހައްމަދު އާކިބް އަނިޔާއާ ހެދި މި މެޗުގައި ނުކުޅެ އެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިން ވަނީ ދެ ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފަ އެެވެ. ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ބޯހާސް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެެވެ.

ދަ ގްރާންޑޭގެ ޒުލްކިފްލި (ކ) ކައިރިން ވެލެންސިއާގެ ހަނާން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭގެ ފަހުން ދެ ކައުންޓަ އެޓޭކުގައި ދަ ގްރާންޑޭ އަށް ރަނގަޅު ވަގުތުގައި ބޯޅަ ފޮނުވާނުލެވި ފުރުސަތު ގެއްލުނީ އެވެ. ވެލެންސިއާ އަށް ލީޑުނަގައިދިނީ މެޗުގެ 25 ވަނަ މިނިޓްގައި އަބްދުﷲ ޔާމީން (ޔާނު) އެވެ. އޭރިއާބޭރުން ޔާނު ޖެހި ބޯޅަ ދަ ގްރާންޑޭގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ތިރިތރިން ގޮސް ވަނީ ގޯލުގެ ކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން އެއްވަރުކުރެވޭތޯ ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. މެޗުގެ 37 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ޖަޕާން މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ފޮނުވާލި ހިލޭޖެހުން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ދަ ގްރާންޑޭގެ އިސްމާއިލް މަފާޒް އިބްރާހިމް އެ ޓީމުގެ އަލީ ޝަމާލަށް ޖައްސާލި ބޯޅަ ރަނގަޅަށް ފައިގައި ލައްވާނުލާތީ ގޯލަށް ފޮނުވާނުލެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފުރަތަމަ ވިއްސަކަށް މިނިޓް ތެރޭ ދެ ޓީމަށް ވެސް މާ ރަނގަޅު ހުސް ފުރުސަތުތަކެއް ނުހޯދުނެވެ. އެ ވަގުތުގައި ވެލެންސިއާގެ ބޯހާސް ޖެހި ޝޮޓެއް ބްލޮކްވިއިރު، ދަ ގްރާންޑޭން ކުރި އެޓޭކެއްގައި އެ ޓީމުގެ އިބްރާހިމް އުސާމާ ނެގި ހުރަސް ޖަހަން އެރި ކުޅުންތެރިންނަށް ބޯޅަ ލިބޭގޮތެއްނުވި އެވެ.

ވެލެންސިއާގެ ސަން މިއަދުގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭގެ ފަހުން ދަ ގްރާންޑޭ އިން ވަނީ ބަދަލެއްގެ ގޮތުގައި މުހައްމަދު ލަޔާން އަހުމަދާއި މުސްރިފު މޫސާ ކުޅެން އަރުވައިފަ އެވެ. އަދި ވެލެންސިއާ އިން ވެސް ވަނީ ބަދަލެއް ގެނެސްފަ އެވެ. އާދަމް އިޝާމް (ސަން)ގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ އާމިން އުމަރު މޫސާ ވަނީ ކުޅެން އަރުވައިފަ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި ދަ ގްރާންޑޭ އޭރިއާތެެރެއިން ވެލެންސިއާގެ ޔާނު އަށް ލިބުނު ބޯޅަ ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ.

ދަ ގްރާންޑޭ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ލަޔާނަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ 80 ވަަނަ މިނިޓްގައި ވެލެންސިއާގެ ހަސަން ސުފިއާން އަތުން ގެއްލުނު ބޯޅައެއް އޭރިއާތެރެއިން ހުސްކޮށް ލަޔާނަށް ލިބުމުން އޭނާ ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު ފައިސަލް ވަނީ ފައިން މަތަކޮށްފަ އެވެ. ލަޔާނަށް ލިބުނު ދެ ވަނަ ހުސް ފުރުސަތުގައި މި ފަހަރު ފޮނުވާލި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. އޭގެ ފަހުން ލިބުނު ބޯޅައެއް ލަޔާން ވަނީ ގޯލުގެ ހުރަސްދަނޑިމަތިން ފޮނުވާލައިފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox