ގްރީން ސްޓްރީޓްސް އިން ވެލެންސިއާގެ ރެކޯޑަށް ނިމުން ގެނެސްފި

Feb 22, 2022, 6:41 PM
ވެލެންސިއާގެ ބޯހަސް (ވ) ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ގްރީން ސްޓްރީޓްސްގެ ހަސީބް މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ ބޯހަސް (ވ) ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ގްރީން ސްޓްރީޓްސްގެ ހަސީބް މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން 1-0 އިން ބަލިވެ، ކްލަބް ވެލެންސިއާގެ ބަލިނުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވި ފަހުން، ދެން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ އިން އެ މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ އަށް މެޗާއި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ވެލެންސިއާ ބަލިނުވެ އެވެ. އެކަމަކު، މިރޭ ގްރީން ސްޓްރީޓްސް އިން ވަނީ ވެލެންސިއާގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފަ އެވެ.

އަމިއްލަ ސަބަބަކާ ހެދި ވެލެންސިއާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ނުފެނުނު ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މިރޭގެ މެޗުގައި ވެލެންސިއާގެ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. ވެެލެންސިއާ ޓީމުގައި ކުރިން ގްރީން ސްޓްރީޓްސް އަށް ކުޅުނު އަބްދުﷲ ޔާމީން (ޔާނު) ހިމެނެ އެވެ. އެކަމަކު، ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުނުވާތީ ވެލެންސިއާގެ ކެޕްޓަން އަދި ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ހުރީ ކުޅުމާ ދުރުގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ވެލެންސިއާ އިންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ޓީމުގެ ވިންގް، ހުސެއިން ހަނާން (ޖޯ) ކައުންޓައެޓޭކުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އަތަށެވެ. އޭގެ ދެ މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ގްރީން ސްޓްރީޓްސްގެ ނާހިލް (ވ) އާއި ވެލެންސިއާގެ ޔާނު ބޯޅަ ލިބޭތޯ މަަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާ އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ފަހަތަށް ދިޔަ ބޯޅައެއްގައި ގްރީން ސްޓްރީޓްސް އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 20 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) ހުސްކޮށްލާފައި އޭރިއާތެރެއިން ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ދިނުމުން އޭނާ ކޮންޓްރޯލް ކޮށްލުމަށް ފަހު ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެން ފެނުނީ ނަތީޖާ ހަމަހަމަކުރަން ވެލެންސިއާ އިން ފުލުފުލުގައި ގްރީން ސްޓްރީޓްސްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލިތަނެވެ. އެ ގޮތުން މެޗުގެ 23 ވަނަ މިނިޓްގައި ޔާނު ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް އަތުގައި ޖެހިފައި ނުކުތުމުން ރީބައުންސް ބޯޅަ ވެލެންސިއާގެ ޖޯ ފޮނުވާލި ނަމަވެސް ވަނީ ބްލޮކްވެފަ އެވެ. އޭގެ މިނިޓެއް ފަހުން އޭރިއާތެރެއިން ޔާނު ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލި ބޯޅަ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެެވެ.

ގްރީން ސްޓްރީޓްސް އިން ލީޑުފުޅާކުރަން ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ހަމަލާ ފޮނުވާލީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ޖޯޑީ ބާޓީ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި ޖޯޑީ ފޮނުވާލި ބާރު ޝޮޓް ދިޔައީ ގޯލު ކައިރިން ބޭރުންނެވެ. އޭގެ ފަސް މިނިޓް ފަހުން ވެލެންސިއާގެ ޖޯ ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ސާގިބް އެވެ.

ބޯހަސް (ކ) އަށް ލިބުމުގެ ކުރިން ކީޕަރު ސާގިބް ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ ކެޕްޓަން ސްޕެއިނުގެ ފޯވާޑް ބޯހަސް ވަނީ ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް މެޗު ލަސްކުރަން އުޅޭތީ އޭނާ ލައްވައި، އަވަހަށް ކުޅުން ފަށަން މަސައްކަތްކޮށްފަ އެވެ. އެ ގޮތުން ބޯހަސް އެއްލި ބޯޅައެއް ސާގިބް ގައިގައި ޖެހުމުން އޭނާ ވެއްޓުނުއިރު، ރެފްރީ ޝިފާން އަބްދުލް ރަހީމް ވަނީ ބޯހަސް އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ވެލެންސިއާ އިން ގިނަ ވަގުތު ބޯޅަހިފަހައްޓައިގެން ކުޅުނު ނަަމަވެސް ކީޕަރު ސާގިބް ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާއެއް މި ހާފުގެ ކުރީކޮޅުގައި ފޮނުވައިނުލެވެ އެވެ. ކައުންޓަ އެޓޭކުގައި މެޗުގެ 67 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަންކޮ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ފައިސަލް އަތަށެވެ. އޭގެ ތިން މިނިޓް ފަހުން ޗޯޓު އަށް ވެލެންސިއާ އޭރިއާތެެރެއިން ކުރި ފައުލަކަށް ޕެނަލްޓީ އަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ޝިފާން ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.

އޭގެފަހުން ވެސް ވެލެންސިއާ އިން އެއްވަރުކުރެވޭތޯ ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ލަނޑެއް ޖެހޭގޮތެއްނުވި އެވެ.

ވެލެންސިއާ ބަލިވުމާ އެކު މާޒިޔާ އަށް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox