ގްރާންޑޭ އަތުން ޔުނައިޓެޑް ވިކްޓްރީ އަށް އުނދަގޫ މޮޅެއް

Feb 22, 2022, 12:56 PM
ދަ ގްރާންޑޭގެ ނަޒީހު (ވ) ކައިރިން ޔުނައިޓެޑް ވިކްޓްރީގެ ޓޯނީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދަ ގްރާންޑޭގެ ނަޒީހު (ވ) ކައިރިން ޔުނައިޓެޑް ވިކްޓްރީގެ ޓޯނީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓްރީ ވަނީ ކްލަބް ވެލެންސިއާ އަތުން ބަލިވެފަ އެވެ. އެހެންކަމުން މިއަދު ދަ ގްރާންޑޭ އަތުން ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނީ މި ފަހަރު ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅެވެ. ދަ ގްރާންޑޭ ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުވިއިރު، މިއަދު މި ވަނީ ލީގުގައި ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިފަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ދަ ގްރާންޑޭ ކީޕަރު ހަސަން މުއާޒް ހިފަން އެރި ބޯޅައެއް އަތުން ދޫވެ، އޭރިއާތެރެއިން ބައްކު އަށް ލިބުމުން އޭނާ ޖެހި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ވޮލީ އަކުން ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

ފުރަތަމަ ވިއްސަކަށް މިނިޓަށް ފަހު ދަ ގްރާންޑޭ މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅެން ފެށި އެވެ. ދަ ގްރާންޑޭގެ ލަންކާ ދެ ކުޅުންތެރިން ކަމަށްވާ ޗަމޯދު ދިލްޝާން އާއި މުހައްމަދު އާކިބަށް ލިބޭ ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތް ކުރަމުންދިޔައިރު، އާކިބް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ދަ ގްރާންޑޭގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) އޭރިއާބޭރުން ފޮނުވާލި ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އާކިބް ވަނީ މެޗުގެ 30 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދު ކައިރިން ނައްޓާފައި ބޯޅަ ހިފައިގެން ގޮސް ގޯލު ކުރިމައްޗަށް ހުރަސްކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ބޯޅަ ޔުނައިޓެޑް ވިކްޓްރީ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއް ނުވަނިސް ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) ޖެހި ބޯޅަ ދަނޑިކައިރިން ބޭރުންނެވެ. އޭގެ 10 މިނިޓް ފަހުން ޓޯނީ އޭރިއާތެެރެއިން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޔުނައިޓެޑް ވިކްޓްރީ އަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނެވެ. ޓޯނީ އަށް އަނިޔާވެގެން ފަހުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަނަފް ކުރިއަށް އަރައި ޖެހި ބޯޅައެއް ހާފުގެ މެދުތެރެއިން ލިބުނީ ދަ ގްރާންޑޭގެ ޗަމޯދު އަށެވެ. ޗަމޯދު ފޮނުވާލި ބޯޅަ ކީޕަރު އަނަފް ބޯމަތިން ގޮސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުފުޅާކޮށްދޭން އެ ޓީމުގެ އަލީ ހަމްދާން (އައްޔަ) އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ބައްކު ޖެހި ބޯޅައެއް ވެސް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެެވެ. އޭގެ ފަހުން ވެސް ޔުނައިޓެޑް ވިކްޓްރީން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ލީގުގެ ދެ ވަނަ ހަފްތާގެ ފަހު މެޗުގައި މިރޭ ގްރީން ސްޓްރީޓްސް ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox