ޓަނާގެ ގޯލާ އެކު އީގަލްސް ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

Feb 21, 2022, 6:28 PM
އީގަލްސްގެ ސައިފުﷲ (ވ) ކައިރިން މާޒިޔާގެ ޓަނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އީގަލްސްގެ ސައިފުﷲ (ވ) ކައިރިން މާޒިޔާގެ ޓަނާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ޖަހައިދިން ފުރަތަމަ ގޯލާ އެކު 2-0 އިން ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ ލީގުގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އިން ނުކުތީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. މޯހަންއާ އެކު ފުރަތަމަ ފަސް މެޗުން މޮޅުވި ނަމަވެސް ޕްރެޒިޑެންޓްސް ކަޕް ފައިނަލް ހިމެނޭ ގޮތަށް ފަހު ތިން މެޗުން ވީ ބައްޔެވެ. އެހެންވެ، މާޒިޔާ އިން މޯހަން ވަކިކޮށް އެ މަގާމަށް ގެނައީ ޔޫރަޕާއި އޭޝިއާ އަދި އެފްރިކާގެ މަތީ ފަންތީގައި މަސައްކަތް ކޮށްފައިވާ ކޯޗު ސާބިއާގެ މަޔޮޑްރަގް ޖެސިކް އެވެ.

ޖެސިކްގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ދެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ވަނީ މޮޅުވެފަ އެވެ. ފުރަތަމަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުންނެވެ. އަދި މިރޭ އީގަލްސް އަތުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ. މާޒިޔާގެ ކުރިއަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ލިބޭ ބޯޅަތަކުގައި ގޯލަށް މާ ނުރައްކާކުރެވޭ ގޮތެއްނުވި އެވެ.

އަނެއްކޮޅުން އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަހުމަދު ރިޒްވާން (ރިޒޭ) އަށް ލިބޭ ބޯޅަތަކުގައި މާޒިޔާ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.

މާޒިޔާ އިން ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ޖެހި ބޯޅަ އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތަހާ ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން ލީޑު ނެގީ މެޗުގެ 67 ވަނަ މިނިޓްގައި ޓަނާ ޖެހި މޮޅު ގޯލުންނެވެ. ހައިޝަމް ހަސަން (ބިޑި) ނެގި ހުރަހަކުން އޭރިއާތެރެއިން ފޭދޫ އިއްބެ ބޮލުގައި ޖެހިފައި ޓަނާ އަށް ލިބުނު ބޯޅަ އޭނާ ވަނީ އެއް ފަހަރުން ވޮލީ އަކުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. މިއީ ކުރިން ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަށް ކުޅުނު ޓަނާ މާޒިޔާ ޖޯޒީގައި ޖެހި ފުރަތަމަ ގޯލެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނަތީޖާ ހަމަހަަމަ ކުރަން އީގަލްސް އިން ކުރި އެޓޭކްތަކުގައި އަލިމަގެއް ނުފެނުނެވެ. ހަންނަ އާއި ރިޒޭގެ އިތުރުން އީގަލްސްގެ އެޓޭކްގައި ކުރިއަށް ކުޅެމުންދިޔަ އަހުމަދު ހަސަން (އައްމަޑޭ) އަށް ލިބުނު ބޯޅަތަކުގައި މާޒިޔާގެ ގޯލުގައި ހުރި ނޭޕާލްގެ ކިރަން ކުމާރް ޝެމްޝޮން ޓެސްޓްކޮށްލެވޭ ގޮތެއްނުވި އެވެ.

މާޒިޔާ އިން އިތުރު ވަގުތުގައި ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުުޅެން އެރި ނާއިޒް ހަސަން (ދާދު) އެވެ. އީގަލްސް ޑިފެންސް ފަހަތަށް އައި ބޯޅައެއްގައި އެ ޓީމުގެ ކީޕަރު ތޯހާ ކުރިއަށް އަރައި ބޮލުން ފޮނުވާލުމުން ހާފުގެ މެދެއްހާ ހިސާބުން ލިބުނީ ދާދު އަށެވެ. އެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ދާދު ޖެހި ޝޮޓް ވަނީ ގޯލުގެ މަތީ ކަނަށެވެ.

މިއީ އީގަލްސްގެ ވަގުތީ ހެޑް ކޯޗެއްގެ ޒިންމާ ނަގައިގެން ހުރި އަހުމަދު ނިމާދު (ނިމާ)، ހުއްޓައި އީގަލްސްގެ ޓީމެއް ފަހުގެ ތާރީހެއްގައި ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި އީގަލްސްގެ ކޯޗަކަށް ހުރެފައި މޯހަން ވަކިވި ފަހުން ވަގުތީ ކޯޗެއްގެ ގޮތުގައި އީގަލްސް ގޮވައިގެން ނުކުމެ، ނިމާ ވަނީ މާޒިޔާއާ އެއްވަރުކޮށްފަ އެވެ. އީގަލްސް އަށް ދާދި ފަހުން ނިމުނު 19 އަހަރުން ދަށުގެ ޔޫތު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނީ ނިމާގެ ކޯޗުކަމުގަ އެވެ. އެއީ މެޗަކުން ބަލިނުވެ، ހޯދި ކާމިޔާބެކެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ އެވެ. އަދި މާދަމާރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox