ޔޫތު ޗެމްޕިއަންޝިޕުން އަތޮޅު ތެރެއިން ދެ ޓީމަކަށް ފުރުސަތު

Nov 29, 2021, 6:00 AM
2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށްޓާއި މާޒިޔާ ވާދަކުރަނީ.-- ފޮޓޯ: އެފްއޭއެމް

2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށްޓާއި މާޒިޔާ ވާދަކުރަނީ.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅު ތެރެއިން ދެ ޓީމަކަށް ދޭ ގޮތަށް އެފްއޭއެމުން ހަމަޖައްސާފައިވީ ނަމަވެސް މިހާތަނަށް ރަސްމީކޮށް އަދި އެއްވެސް ޓީމެއް ބައިވެރިނުވާކަން ހާމަވެއްޖެ އެވެ.

ޔޫތު ޗެމްޕިއަންޝިޕް މި ފަހަރު ކުރިއަށްދާނީ 19 އަހަރުން ދަށަށެވެ. މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ކަމަށްވާ މާޒިޔާ، ވެލެންސިއާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ޔުނައިޓެޑް ވިކްޓްރީގެ އިތުރުން އަތޮޅު ތެެރެއިން ދެ ޓީމަށް ފުރުސަތު ދޭން އެފްއޭއެމް އިން ނިންމީ މީގެ ކުރިން ވެސް އެ ފުރުސަތު ދެމުން އަންނަ ގޮތަށެވެ.

އެފްއޭއެމުން މި މަހު ކުރީކޮޅުގައި ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ފަަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފޯމު، މި މަހު 21 އިން އެފްއޭއެމުން އިން ލިބޭނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑި އަންނަ މަހު އެއް ވަނަ ދުވަހު (އަންނަ ބުދަ ދުވަހު) 14:00 އަށް ހަމަވާނެ ކަމަށެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި ޔޫތު ފުޓްބޯޅައިގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި، ޔޫތު ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ)، މިއަދު "އަދަދު" އަށް ވިދާޅުވީ ބައެއް ރަށްރަށުން މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް އަދި ރަސްމީކޮށް އެއްވެސް ރަށަކުން ފޯމު ހުށަހަޅާފައިނުވާ ކަމަށެވެ.

ޝައުގުވެރިކަން ފާޅުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ބ. އޭދަފުށްޓާއި ކ. ގުރައިދޫ ހިމެނެ އެވެ.

މީގެ ކުރިން އަތޮޅުތަކަށް ނިސްބަތްވާ ގިނަ ޓީމުތަކަކުން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވެ އެވެ.އެ ގޮތުން ބ. އޭދަފުށި، އދ. މަހިބަދޫ، ށ، ފޯކައިދޫ، ހދ. ވައިކަރަދޫ، ހއ. ކެލާ އަދި ތ. ކިނބިދޫ ޓީމަކުން މީގެ ކުރިން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވެ އެވެ.

މި ފަަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވެވޭނީ 2003، 2004 އަދި 2005 ގައި އުފަންވެފައިވާ ކުދިންނަށް ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅައިފަ އެވެ. މި ފަހަރުގެ މުބާރާތް ބާއްވަން ތާލުކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު 24 ވަނަ ދުވަހު ފަށާ ގޮތަށެވެ.

ޔޫތު ޗެމްޕިއަންޝިޕް: ނަތީޖާ ފެންނަ މުހިއްމު މުބާރާތެއް

އެފްއޭއެމުން އެންމެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭރުން ފެށިގެން މުބާރާތް ބާއްވަމުން އައީ 21 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. އޭރު ފެށި އެ މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު ފަށައި، 2018 ވަނަ އަހަރު މުބާރާތް ކުރިއަށްގެންދާ އުސޫލަށް ބަދަލެއް ގެނަ އެވެ. އެއީ އެއް އަހަރު 19 އަހަރުން ދަށަށް ބޭއްވުމަށް ފަހު ޖެހިގެން އަންނަ ފަހަރަކު 21 އަހަރުން ދަށަށް ބާއްވައި ކުޅުންތެރިން ޑިވެލޮޕްވެވޭ މުބާރާތަކަށް ޔޫތު ޗެމްޕިއަންޝިޕް ހެދުމަށެވެ.

އެންމެ ފަހުން 2019 ވަނަ އަަހަރު ޔޫތު ޗެމްޕިއަންޝިޕް ބޭއްވިއިރު، ޗެމްޕިއަނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އެވެ. މިހާތަނަށް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ އެންމެ ފަހަރަކު އެވެ. އެއީ 2018 ވަަނަ އަހަރު އެވެ. އެ ފަހަރު މުބާރާތުގެ ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.

މިހާތަނަށް ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އީގަލްސް އެވެ. އެ ޓީމުން ވަނީ ހަތަރު ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ދެން ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ ގްރީން ސްޓްރީޓްސްގެ އިތުރުން މާޒިޔާ، ވެލެންސިއާ އަދި ވިކްޓަރީ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިހާރު ގައުމީ ޓީމަށް ވެސް އަންނަނީ ކުޅެމުންނެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ގަވާއިދުން ޖާގަ ހޯދަން ބައެއް ކުޅުންތެރިން ފެށި މުބާރާތަކީ ޔޫތު ޗެމްޕިއަންޝިޕް އެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ޔޫތު ޗެމްޕިއަންޝިޕް ނުބޭއްވުނެވެ. އަލުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ޔޫތު ޗެމްޕިއަންޝިޕް ބާއްވަން މަސައްކަތް ކުރަމުން އަންނައިރު، ކްލަބްތަކަކުން އެ މުބާރާތަށް ތައްޔާރުވާން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގިނަ ޓީމުތަކުން އަންނަނީ ޔޫތު ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޮވަން ޓްރަޔަލްތަކެއް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox