ދަ ގްރާންޑޭގެ ކޯޗަކަށް ނާދު ހަމަޖައްސައިފި

Nov 17, 2021, 8:18 AM
ދަ ގްރާންޑޭގެ ކޯޗަކަށް ނާދު ހަމަޖައްސައިފި

ހުސްވެފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި ކުރިން މަސައްކަތްކުރި ކޯޗު އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފި އެވެ.

ނާދު މިދިޔަ ސީޒަން ފެށިއިރު ހުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ހަވާލުވެ އެވެ. އެކަމަކު، ސީޒަން ފަށައިގެން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ނާދުއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ސަސް އިން އުވާލި އެވެ. އެއީ އެ ޓީމުގެ ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ގެންނާށެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސަސްއާ ހަވާލުވި ނަމަވެސް ދާދި ފަހުން އެ ޓީމުން ވަނީ މޯހަންގެ ކޮންޓްރެކްޓް ވެސް ދެ ފަރާތް އެއްބަސްވެގެން ނިމުމަކަށް ގެނެސްފަ އެވެ. މޯހަން ގުޅުނީ ލީގު ޗެމްޕިއަން މާޒިޔާއާ އެވެ.

ނާދު އަކީ ފުރަތަމަ ޑިިވިޝަނުގައި ދަ ގްރާންޑޭ ބެންޗުން ފެންނާނެ ދެ ވަނަ ކޯޗެެވެ.

މިދިޔަ ދެ ސީޒަނުގައި ދަ ގްރާންޑޭ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ ދާދި ފަހުން ސަސްއާ ހަވާލުވެފަ އެވެ. ނާދު، ދަ ގްރާންޑޭއާ ހަވާލުވީ ކުރިއަށް އޮތް ސީޒަނަށް ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. ނާދު ވަނީ މީގެ ކުރިން ދަ ގްރާންޑޭގެ ޒުވާން ޓީމަށް ޔޫތު ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދީފަ އެވެ.

މިދިޔަ ސީޒަނުގައި ސަސްއާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ހެޑް ކޯޗެއްގެ ގޮތުގައި ނާދު ފެނުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ވިކްޓްރީގެ ބެންޗުންނެވެ.

ފުރަތަމަ ޑިވިޝަނުގައި ކުރިން އޮތް އޯލްޔޫތުލިންކްއޭޖް (އޭވައިއެލް)ގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކުރި ނާދު ވަނީ އެ ނޫން ޓީމުތަކުގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ކްލަބް ވެލެންސިއާ ރެލިގޭޝަން ޒޯންގައި 2012 ވަނަ އަހަރު ކުޅުނުއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރެ ހެޑް ކޯޗެއްގެ ޒިންމާ ނެގި އެވެ. އޭގެ ފަހުން ނާދު ބޮޑަށް ފެނިފައިވަނީ ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކާއި އުމުރުފުރާ ގައުމީ ޓީމުތަކުގެ ކޯޗެއްގެ ގޮތުގަ އެވެ.

ނާދު ވަނީ ގައުމީ އަންހެން އަދި ފިރިހެން ޓީމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ. ނާދު އަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދި ޓީމުގެ ކޯޗެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތެރެއިން ދެކުނު އޭޝިއާގައި ރާއްޖެ އަށް އަންހެން ފުޓްބޯޅަ އިން ލިބުނު ފުރަތަމަ މެޑަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox