ގްރީޒްމަން ބޯކޮށުމުން ބާސެލޯނާ ސަޕޯޓަރުންނަށް ކަމަކުނުދިޔަ

Sep 9, 2021, 4:15 AM
އެތުލެޓިކޯގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ގްރީޒްމަން (މ) އެ ޓީމުގެ އިސް އޮފިޝަލުންނާ އެކު: ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު ބޯކޮށާލާފައި.

އެތުލެޓިކޯގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ގްރީޒްމަން (މ) އެ ޓީމުގެ އިސް އޮފިޝަލުންނާ އެކު: ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު ބޯކޮށާލާފައި.

މެޑްރިޑް (ސެޕްޓެމްބަރު 9) - ބާސެލޯނާގައި ހުރިއިރު ބޯ ނުކޮށާނެ ކަމަށް ބުނެ އިންޓަވިއު ދިން އެންޓޮއިން ގްރީޒްމަން އަލުން އޭނާ ކުރިން ކުޅުނު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށް ފަހު ބޯކޮށުމާ އެކު ބާސެލޯނާ ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ އެވެ.

އުމުރުން 29 އަހަރުގެ ގްރީޒްމަން، މިދިޔަ އަހަރު ނޮވެމްބަރު މަހު ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ބާސެލޯނާ އިން ބުނި ކަމުގައި ވިޔަސް އޭނާގެ ދިގު އިސްތަށިގަނޑު ނުކޮށާާނެ ކަމަށް ބުނެފަ އެވެ. ގްރީޒްމަން އޭނާގެ ކެރިއަރުގެ އެންމެ ރަން ދުވަސްވަރު އެތުލެޓިކޯގައި ހޭދަކުރީ ކުރުކޮށް ބޯކޮށައިގެން ހުރެ އެވެ. އެހެންވެ، ބާސެލޯނާގެ ބައެއް ސަޕޯޓަރުން އެދުނީ އެ ގޮތަށް ބާސެލޯނާގައި ވެސް ކުރިއަށްދާށެވެ. އެކަމަކު، ބާސެލޯނާގައި ބޯ ކޮށަން ގްރީޒްމަން ބޭނުމެއް ނުވި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ގްރީޒްމަން ވަނީ އަލުން އެތުލެޓިކޯއާ ގުޅިފަ އެވެ. މީގެ ދެ އަހަރު ކުރިން އެތުލެޓިކޯ ދޫކޮށް 135 މިލިއަން ޑޮލަރަށް ބާސެލޯނާ އަށް ބަދަލުވި ގްރީޒްމަން އަލުން އެތުލެޓިކޯ އަށް ބަދަލުވީ ލޯން ފީގެ ގޮތުގައި މި ސީޒަނުގައި ހަތަރު މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އަދި އެ އެއްބަސްވުން ނިމުމުން ދާއިމީ ކޮންޓްރެކްޓެއްގައި ގްރީޒްމަން އެތުލެޓިކޯގައި މަޑުކުރާނަމަ ބާސެލޯނާ އަށް 50 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ.

މި ސީޒަނުގައި ބާސެލޯނާގެ މެޗެއްގެ ތެރެއިން ގްރީޒްމަން.

އެތުލެޓިކޯ ކުޅުންތެރިއެއްގެ ގޮތުގައި ގްރީޒްމަން މީޑިއާ އަށް ތައާރަފްކުރުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ވީޑިއޯ ޝޫޓިން ނަގަން އުޅުމުގެ ތެރޭގައި އޭނާ ބޯކޮށާލި އެވެ. އަދި އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ބާސެލޯނާ ސަޕޯޓަރުން ހިތްހަމަނުޖެހިގެން، ޝުއޫރުފާޅުކުރަން ފެށި އެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގްރީޒްމަން ބޯކޮށަން ނިންމީ ކެރިއަރުަގއި އާ ފެށުމަކުން އެތުލެޓިކޯގައި ކުރިއަށްދާން ސަޕޯޓަރުންގެ ފަރާތުން އައި ހުށަހެޅުންތަކަކަށް އިޖާބަދިނުމުގެ ގޮތުންނެވެ.

ރެއާލް ސޮސިއެޑާޑުން 2014 ވަަނަ އަހަރު އެންމެ ފުރަތަމަ އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް އެ ފަހަރު ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި އެ ޓީމާ އެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާުބުކުރި އެވެ. އެކަަމަކު، ބާސެލޯނާ އަށް ކުޅެދިން 102 މެޗުން ގްރީޒްމަން އަށް ޖެހުނީ 35 ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox