ނަޝީދަށް ރައީސް ދެއްވި ޔަގީންކަމަކީ "ފަހަތަށް ނުޖެހޭނެކަން"!

ރައީސް ސޯލިހާއި ނަޝީދު: ޓެރަރިޒަމްގެ މައްސަލަތައް ހުއްޓުވަން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި

ރައީސް ސޯލިހާއި ނަޝީދު: ޓެރަރިޒަމްގެ މައްސަލަތައް ހުއްޓުވަން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

ޓެރަރިޒަމްގެ ހަމަލާއެއްގެ ޝިކާރައަކަށްވި ނަޝީދު، އެމްޑީޕީއަށް 16 އަހަރު ފުރުނު ދުވަހު ރައީސް ސޯލިހުގެ ކިބައިން އެދިވަޑައިގެންފައިވަނީ ގައުމު ސަލާމަތްކުރުމަށް ފަހަތުފަޔަށް ބުރަވެވަޑައިނުގެންނެވުމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާނު މިހާރު ނުކުންނަވާން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެކަން ކުރުމަށް ގިނަ ބަޔަކު ހައްޔަރުކުރަން ޖެހޭކަން ވެސް އެމްޑީޕީއަށް 16 އަހަރު ފުރުނު ދުވަހުގެ ރޭ ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދާ ކަމާއި ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މިތިބީ މިކަން ކުރަން ނުކުމެ، މިކަމުގައި ފަހަތަކަށް ނުޖެހޭނަން، މިކަމުގައި ބަންދުކުރަން ޖެހޭ މީހުން ބަންދުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެމްޑީޕީ އަބަދުވެސް ގަބޫލު ކުރާ ހަމައަކީ ވަކި ހަމައެއް އަދި ގާނޫނީ އިމުގެ ތެރެއިން މަސައްކަތްތައް ކުރުމެވެ. އެ ހަމައިގެ ތެރެއިން ސަރުކާރުން ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ މައްސަލަތަކާއި ހަރުކަށި ފިކުރުގެ މައްސަލައަކީ މީގެކުރިން ވެސް އޮތް ކަމެއް ކަމަށާއި ނަމަވެސް، އެކަމަށް ފިޔަވަޅުތަކެއް އަޅަން ފެށީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ޓެރަރިސްޓް ޖަމިއްޔާތައް ކަނޑައަޅައި، ޓެރަރިޒަމްގެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްތައް ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިކަމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޓެރަރިޒަމްގެ މައްސަލަތަކުގައި އިދާރާތަކާ ބައްދަލުކުރާ ކޮންމެ ފަހަރަކު ވެސް އެ ފަރާތްތަކުން ފާހަގަކުރަނީ ގާނޫނު އިސްލާހުކުރަން ޖެހޭ ކަމެވެ. އެފަދަ މައްސަލަތަކުގައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނު ކަމަށެވެ.

"މީހުން ބަންދުކޮށް އަދިވެސް އިތުރަށް ގާނޫނު އިސްލާހު ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

މީގެކުރިން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތައް ގެންނަ އެ ފާސްކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވި ކަމަށާއި ބައެއް މެންބަރުންނަށް އެއީ ވަކި ބަޔަކު ހައްޔަރުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކިގެން އެކަން ހާސިލްނުވިކަން ރައީސް ފާހަގަކުރެއްވި އެވެ.

އޭގެފަހުން ވެސް ތަހުގީގީ އިދާރާތަކުން ވަނީ އިސްލާހުތައް ފާސްކޮށްދިނުމަށް އެދި ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އަލުން އިސްލާހުތައް ފާސްކޮށްދިނުމަށް މަޖިލީހަށް ފޮނުވާފައިވާނެ ކަމާއި މިފަހަރު އެ އިސްލާހުތައް ފާސްވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ އެކަށީގެންވާ ގޮތެއްގައި، ޓެރަރިޒަމްގެ މައްސަލަތަކުގައި ފިޔަވަޅުތައް އެޅޭނީ ގާނޫނު އިސްލާހު ވެގެން ކަމާއި، އެ އިސްލާހުތައް ފާސްވުން މުހިންމު ވަނީ އެހެންވެ ކަމަށެވެ. ސަރުކާރުން އަބަދުވެސް އަމަލު ކުރާނީ އުސޫލުތަކުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox