މަޖިލީސް ރައީސާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅެއް ހަމަޖައްސަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދައުލަތުން ދިރިއުޅުއްވާނެ ތަނެއް ހަމަޖައްސައިދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ނިންމާފައި. --ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދައުލަތުން ދިރިއުޅުއްވާނެ ތަނެއް ހަމަޖައްސައިދޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ނިންމާފައި. --ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖައްސައިދިނުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތަށް ރައީސް އަންގަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި އެ ބޭފުޅުންނަށް ރަސްމީ ގެކޮޅު ހަމަޖެއްސުން ހިމެނޭ ކަަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން އާ ގާނޫނެއްގެ ތެރެއިން ނަމަވެސް ކުރަން ބަންޑާރަ ނައިބަށް އިރުޝާދު ދެއްވާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ދައުލަތުން މިހާރު ހަމަޖައްސައިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެކެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގެކޮޅުގަ އެވެ.

މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖައްސައިދޭން ރައީސް މި ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދީފައި ވަނިކޮށެވެ. ސެކިއުރިޓީންނާ އެކު އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައި ދިން ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހަމަލާއަށް ފަހު އެމަނިކުފާނުގެ ސަލާމަތީ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓުނުތޯ ސުވާލު އުފައްދައި އެކަންކަން އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރީގެއަކީ ހަނި ގޯޅިއެއްގައި ހުންނަ ގެއެއް ކަމުން އެތަނަށް ކާރުކޮޅެއް ނުވެއްދެ އެވެ. ސެކިއުރިޓީ ބަލައްޓަން އުނދަގޫވުމާއި ރައްކާތެރިކަމަށްޓަކައި ސިފައިން ވަނީ އެ ގޯޅީގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށް ސަރުކާރުގެ އިދާރާތަކުގައި އެދިފަ އެވެ. އެކަމަކު ހަމަލާ އަމާޒުވިއިރު އެކަން އޮތީ ހަމަނުޖެހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox