ލިޔުންތެރިޔާ
ރިޔާޒް މަންސޫރަކީ ދިވެހިރާއްޖޭގެ އިގުތިސާދީ އަދި ވިޔަފާރީގެ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރެއްވި އެވެ. ބައިނަލްއަގުވާމީ ވިޔަފާރީގެ މައިދާނުގައި، މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި މަޝްވަރާތަކުގައި ރާއްޖެ "ޗީފް ނެގޯޝިއޭޓަރ" އަކީ އޭނާ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ނުވަތަ "މިނިމަމް ވޭޖް" ކަނޑައެޅުމަށް އުފެއްދެވި އެޑްވައިޒަރީ ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި ރިޔާޒު ހުންނަވައި، އެ ނިޒާމު ގާއިމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވެ އެވެ.
