ލިޔުންތެރިޔާ
އިބްރާހީމް ރިފްޢަތަކީ 2018 އިން 2023 އަށް ދިވެހިރާއްޖޭގެ ބަންޑާރަނައިބު އެވެ. ގާނޫނީ ދާއިރާއިން އިނގިރޭސި ވިލާތުން މަތީ ތައުލީމު ހާސިލް ކުރެއްވި ރިފްޢަތަކީ، ބަންޑާރަނައިބުކަމުގެ ކުރިން ސޮލިސިޓަރ ޖެނެރަލްކަން ކުރައްވައިފަ އެވެ. އޭނާގެ ބަންޑާރަ ނައިބު ކަމުގައި ގިނަ އަދަދެއްގެ ބިލްތައް ފަރުމާކޮށް، ގާނޫނީ ދާއިރާއަށް އިސްލާހީ ބަދަލުތަކެއް ގެނުވި އެތައް ބިލެއް ފަރުމާކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ.
