އޮސްޓްރޭލިއާ މީހެއްގެ މަރާ ގުޅިގެން އިޒްރޭލް ސަފީރު ހާޒިރުކޮށްފި
އިސްރާއީލުން ގާޒާއަށް ދިން ހަމަލާއެއްގައި މަރުވި އޮސްޓްރޭލިއާގެ އެހީދޭ މުވައްޒަފުގެ މަރުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ދައުވާނުކުރަން ނިންމުމުން، އޮސްޓްރޭލިއާ ސަރުކާރުން އެގައުމުގެ ސަފީރު ހާޒިރުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް އިސްރާއީލަށް ކުރާ ޕްރެޝަރު ދަމަހައްޓާނެ ކަމަށް އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ވިދާޅުވިއިރު، ވޯލްޑް ސެންޓްރަލް ކިޗަންއިން ވަނީ އިސްރާއީލުގެ ތަހުގީގަކީ ހަގީގަތާ ޚިލާފު ތަހުގީގެއް ކަމަށް ބުނެފައެވެ.