ޒީނާޒު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، ޕީއެންސީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒު އަދުނާން އައްޔަންކުރައްވައިފިއެވެ. ޒީނާޒު މި މަގާމަށް އައްޔަންކުރެއްވީ ޕާޓީގެ ފޯމުތަކެއް ފޯޖުކުރި މައްސަލައެއްގައި އޭނާއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ކަމަށްވާއިރު، މި ބަދަލާއެކު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު ވަނީ 12 އަށް އިތުރުވެފައެވެ.