ވޯޓު ކަރުދާސް ހުސްވި މައްސަލާގައި ދެކުނު ކޮރެއާގައި މުޒާހަރާ
ދެކުނު ކޮރެއާގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ކަރުދާސް ހުސްވި މައްސަލައިގައި، އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އެ ގައުމުގެ އިލެކްޝަން ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ވޯޓު ގުނާ މަރުކަޒު ބަންދުކޮށް އޮފިޝަލުންނަށް ނުނިކުމެވޭނެހެން ހުރަސްއަޅާފައެވެ.