މުޒާހަރާގެ ބައިވެރިން ދިޔުމަށް އެންގީ މަގު ބަންދުކޮށްފައި
ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ކުރި މުޒާހަރާގެ ބައިވެރިން ދިއުމަށް އެންގުމަށްފަހު، ފުލުހުން ވަނީ މަގުގެ ދެފަޅި ބަންދުކޮށް ބައެއް މީހުން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މުޒާހަރާގައި ބޭނުންކުރި ލައުޑްސްޕީކަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި ހިނގާލުން ފަށާފައިވަނީ ވެސްޓް ޕާކް ސަރަހައްދުންނެވެ.