އެމެރިކާއިން ހަދިޔާކުރި 10 ހެލިކޮޕްޓަރު ލަންކާއަށް ގެންގޮސްފި
އެމެރިކާ ސަރުކާރުން ސްރީލަންކާގެ ވައިގެ ސިފައިންނަށް ހަދިޔާކުރި 10 ހެލިކޮޕްޓަރު ކަނޑުމަގުން އެ ގައުމަށް ގެންގޮސް، ރަތުމަލާނާ އެއާފޯސް ބޭސްގައި މިހާރު ވަނީ ބަހައްޓާފައެވެ. މި ހެލިކޮޕްޓަރުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ޕައިލެޓުން ތަމްރީނުކުރުމަށާއި، ކާރިސާތަކުގައި އެހީތެރިވުމުގެ އިތުރުން މީހުން ހޯދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައެވެ. މިއީ ލަންކާގެ ވައިގެ ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ލިބުނު މުހިންމު އެހީއެކެވެ.