އުދަރެސް ބޯޓު ފަރަށް އަރައި، ދިވެއްސަކު ގެއްލިއްޖެ
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ލ. އޮޅުވެލި ކައިރި ފަރަކަށް އަރައި އަޑިއަށް ދިޔަ ހާދިސާގައި، އޭގެއިން ދަތުރުކުރި އެކަކު ވަނީ ގެއްލިފަ. ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން 12 މީހަކު ސަލާމަތްކޮށްފައިވާއިރު، ގެއްލުނު ދިވެހި މީހާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން