ކާންޔޭގެ އިޓަލީ ކޮންސެޓް ވެސް ހުއްޓުވައިފި
ޔަހޫދީންނާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން، އިޓަލީގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކާންޔޭ ވެސްޓްގެ ކޮންސެޓް އާންމު މަސްލަހަތަށްޓަކައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްޓުވާފައެވެ. މި ޝޯ ކެންސަލްކުރީ އެ ސަރަހައްދުގެ ޔަހޫދީ ޖަމާއަތުގެ އެދުމުގެ މަތިން، ސަލާމަތީ ސަބަބުތަކަށާއި މުޒާހަރާއެއް ހިނގައިފާނެ ކަމުގެ ބިރު އޮތުމުންނެވެ.