ވިޔަފާރި އެއްވަރެއްގައި، ސިނގިރޭޓު ބޯ މިންވަރު ދަށްވެއްޖެތަ؟
ރާއްޖޭގައި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ނަމަވެސް ވިޔަފާރި ދަށަށް ނުގޮސް ހިފެހެއްޓިފައިވާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުވާކަން ތަފާސްހިސާބުތަކުން ސާފެއް ނުވެއެވެ. ދުންފަތް ހުއްޓާލަން ބޭނުންވާ ގިނަ ބަޔަކު ތިބި ނަމަވެސް، އެކަމަށް ބޭނުންވާ ސިއްހީ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައާއި ރާއްޖޭގައިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.