ޓިމް ކުކް
2 ލިޔުން
ފަހުގެ
ދުނިޔެއައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ
އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔެއޭއައިއާއެކު "ސިރީ" އަށް ގެންނަ ބޮޑު ބަދަލު ދައްކާލައިފި
އެޕަލްގެ އަހަރީ ކޮންފަރެންސްގައި އޭއައިގެ އެހީގައި "ސިރީ" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޭނުންކުރާ މީހާގެ މައުލޫމާތަށް ބިނާކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ދައްކާލައިފިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމަށް އައު ފީޗާތަކެއް ތައާރަފުކުރިއިރު، މިއީ ސީއީއޯ ޓިމް ކުކް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ބައިވެރިވެވަޑައިގަންނަވާ ފަހު ކޮންފަރެންސެވެ.
