ރެޒިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ފައިދާކުރާނެ: ނަޝީދު
ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގާ "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ޕްރޮގްރާމަކީ ގައުމަށް ފައިދާކުރާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގައި 250,000 ޑޮލަރު އިންވެސްޓުކުރާ ނުވަތަ ބޭންކެއްގައި އެ އަދަދަށް ފައިސާ ބަހައްޓާ ބިދޭސީންނަށް ރެޒިޑެންސީ ވިސާ ދޫކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.