މަޝްހޫރު މިޔުޒިޝަން މެޓީ ހީލީ އާއި މޮޑެލް ބެކްޓެލް ކައިވެނިކޮށްފި
މަޝްހޫރު ބޭންޑް "ދަ 1975" ގެ ފްރަންޓްމޭން މެޓީ ހީލީ އާއި މޮޑެލް ގެބްރިއެޓް ބެކްޓެލް، އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ހާޒިރުގައި ލޮސް އެންޖެލިސްގައި ކައިވެނިކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ކައިވެނީގެ ހަފުލާ އޮތީ ހޮލީވުޑް ހިލްސްގައި ހުންނަ މެޑޯނާގެ ކުރީގެ ގޭގައެވެ. ނުވަ މަސްދުވަހު ރައްޓެހިވެގެން އުޅުމަށްފަހު މި ދެމަފިރިން ކައިވެނިކުރިއިރު، މިއީ މެޓީ ހީލީ އާއި ޓޭލާ ސުވިފްޓްގެ ގުޅުން ނިމުނު ފަހުން އުފެދުނު ލޯބީގެ ގުޅުމެކެވެ.