އެމެރިކާ ޕައިލެޓުން ސަލާމަތް ކުރަން ފުރަތަމަ ފަހަރަށް ޑްރޯން
އޮމާން ކައިރިއަށް ވެއްޓުނު އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިން، ކަނޑުގެ ޑްރޯންއެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ސަލާމަތްކުރި ދެ މީހުންގެ ހާލު ރަނގަޅު ނަމަވެސް، ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު އަދި ދަނީ ތަހުގީގު ކުރަމުންނެވެ.