ބީއެމްއެލްގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ
ބީއެމްއެލްގެ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާތީ، އެ ބޭންކުގެ ވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މެންބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފިއެވެ. މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޑޮލަރު ލިބުމުގެ ދަތިކަމާއި، ބޭރުގެ ޕޭމަންޓްތައް ނުހެދުމުގެ އިތުރުން ބޭންކުގެ ޚިދުމަތްތައް މެދުކެނޑޭ މައްސަލައެވެ.