ލޭބަރ ޕާޓީގެ މެންބަރުން ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލަނީ
އިނގިރޭސި ބޮޑުވަޒީރު ސްޓާމަރަށް އޮތް އިތުބާރު ގެއްލި، މަގާމުން ވަކިވުމަށް ގޮވާލާ ލޭބަރ ޕާޓީގެ މެންބަރުންގެ އަދަދު 50 އަށްވުރެ މައްޗަށް އަރައިފިއެވެ. ސަރުކާރުގެ އިސް ބައެއް މެންބަރުން އިސްތިއުފާ ދެއްވައި އާ ލީޑަރަކު އިންތިޚާބުކުރަން ގޮވާލަމުންދާއިރު، ސްޓާމަރ ވިދާޅުވަނީ އޭނާއާ މެދު އުފެދިފައިވާ ޝައްކުތައް ފިލުވައިދެއްވާނެ ކަމަށެވެ.