ޗައިނާއަށް ޖާސޫސްކޮށްދިން އިނގިރޭސި ދެ ރައްޔިތުން ޖަލަށް
ޗައިނާގެ ޖާސޫސީ އިދާރާއަށް މައުލޫމާތު ފޯރުކޮށްދިން އިނގިރޭސި ބޯޑާ ފޯސް އޮފިސަރަކާއި އޭނާގެ މެދުވެރިއަކަށް ހުރި މީހަކު ޖަލަށްލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. މި ދެ މީހުން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ހޮންކޮންގްގެ އެކްޓިވިސްޓުންގެ މައުލޫމާތު ހޯދައި ޗައިނާގެ އެޖެންޓުންނަށް ފޯރުކޮށްދީފައެވެ. މި މައްސަލައިގައި ބޯޑާ ފޯސް އޮފިސަރު 10 އަހަރަށް، އަދި އޭނާއަށް އެހީތެރިވި މީހާ 8 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.