ޔޫސުފް ވަހީދު އެޗްޑީސީ ބޯޑުން ވަކިކޮށްފި
އެޗްޑީސީގެ ބޯޑު މެންބަރުކަމުގެ މަގާމުން ޔޫސުފް ވަހީދު ވަކިކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ނިންމާފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެ މަގާމުގައި ހުންނެވި ޔޫސުފް ވަހީދު ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވާއިރު، އޭނާ މިހާރުވެސް ގެންދަވަނީ އެސްއެމްއީ ބޭންކުގެ ޗީފް އިންޓަނަލް އޮޑިޓަރުގެ މަގާމު ފުރުއްވަމުންނެވެ.