ހުލާސާކޮށް އިއްޔެ: އިހުތިރާމް ކެމްޕޭން، ހިޔާނާތުގެ ތުހުމަތު
މުޖުތަމައުގައި އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ގައުމީ މަޝްރޫއެއް ފަށާފައިވާއިރު، މި ހަރަކާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރި ކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ރަސްމާލެ މަޝްރޫއުގައި ހިޔާނާތް އެކުލެވޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދަނިކޮށް، އަދާލަތު ޕާޓީން ވަނީ ސަރުކާރަށް ތާއިދުކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގެ އޭއައި ކުންފުންޏެއް ކަމަށްވާ "ސިނެޓެކްސް" އިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރަން ވަނީ ފަށާފައެވެ.