ޒާތީ މިނިވަންކަމަށް ހުރަސްއެޅޭތީ ސިގްނަލް ފާޑުކިޔުން
ކުޑަކުދިން ރައްކާތެރިކުރުމަށް އިނގިރޭސިވިލާތުން ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އަމިއްލަ މިނިވަންކަމާއި ސިއްރު ހިފެހެއްޓުމުގެ ހައްގުތަކަށް ހުރަސްއެޅޭނެ ކަމަށް ބުނެ ސިގްނަލް އެޕްއިން އެކަމަށް ފާޑުކިޔައިފިއެވެ. އެ ކުންފުނިން ބުނާގޮތުގައި ކޮންޓެންޓް ސްކޭންކުރުމާއި އުމުރު ކަށަވަރުކުރުން މަޖުބޫރުކުރުމަކީ މީހުންގެ ޒާތީ މައުލޫމާތަށް ފާރަވެރިވުމަށް ހުޅުވޭ ދޮރެކެވެ.