ކަނޑޫފާތައް ހިމާޔަތް ކުރަން އީޔޫއިން ހަތަރު މިލިއަން ޔޫރޯ
ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް އާލާކުރުމުގެ މަޝްރޫއަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހަތަރު މިލިއަން ޔޫރޯގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ މުޖުތަމައުތައް ބައިވެރިކޮށްގެން ކަނޑޫފާތައް ރައްކާތެރިކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް ގޮނޑުދޮށްތައް ހިމާޔަތްކުރުމެވެ.