އެޑިންބަރާގައި މުސްލިމުންނަށް ހަމަލާ ދިން މީހަކު ކޯޓަށް ގެންދަނީ
ސްކޮޓްލޭންޑްގެ އެޑިންބަރާގައި މުސްލިމުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީ ފަސް މީހަކު ޒަހަމްކޮށްލި މައްސަލައިގައި 36 އަހަރުގެ ފިރިހެނަކަށް ދައުވާ އުފުލައި ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ނަފުރަތާއި ނަސްލީ ތަފާތުކުރުން އެކުލެވޭ މި ހަމަލާތައް އިނގިރޭސި ބޮޑުވަޒީރާއި ސްކޮޓްލޭންޑްގެ ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.