އޯޕަންއޭއައި މިލްކުވެރިކަން ދަރިންނަށް ދޭން މަސްކް ހުށަހެޅި
އޯޕަންއޭއައިގެ ފުރިހަމަ ކޮންޓްރޯލް ހޯއްދަވައި، އޭނާ އަވަހާރަވުމުން އެ ކުންފުނީގެ މިލްކުވެރިކަން ދަރިންނަށް ދޫކޮށްލުމަށް އިލޮން މަސްކް ހުށަހެޅުއްވި ކަމަށް ސޭމް އޮލްޓްމަން ކޯޓުގައި ބުނެފިއެވެ. އޮލްޓްމަން ހާމަކުރި ގޮތުގައި މަސްކް ބޭނުންވީ އޯޕަންއޭއައި އަކީ ޓެސްލާގެ ދަށުން ހިންގާ ފައިދާ ހޯދާ ކުންފުންޏަކަށް ހެދުމަށެވެ. ނަމަވެސް މަސްކް މިހާރު ދައުވާ ކުރަނީ އެ ކުންފުނި ވިޔަފާރިއަކަށް ބަދަލުކުރުމުންނެވެ.