ހުޅުމާލެ ފޭސް 2 ގައި ބަސް ސްޓޮޕްތައް ގާއިމުކޮށްދޭން އެދިއްޖެ
ހުޅުމާލެ ފޭސް 2 ގެ ފިތުރޯނު މަގާއި ރީތިގަސް މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދުމަށް، އެ ސަރަހައްދުގައި ބަސް ހުއްޓިތަކެއް ގާއިމުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެއެވެ. މޭޔަރު އާދަމް އާޒިމް ފާހަގަކުރެއްވި ގޮތުގައި، މި ސަރަހައްދުގައި ބަސް ހުއްޓި ގާއިމުކުރުމަކީ އުމުރުން ދުވަސްވީ މީހުންނާއި އާންމު ރައްޔިތުން ބަހަށް ދިއުމަށް ކުރަންޖެހޭ ދިގު ދަތުރުތަކާއި އުފުލަންޖެހޭ ތަކުލީފުތަކަށް ލިބޭނެ ބޮޑު ލުޔެކެވެ.