ކާރު ދުއްވަމުން ފޯނާ ކުޅުމުން ރޯމިއޯ ބެކަމް ޖޫރިމަނާކޮށްފި
ކާރު ދުއްވަމުން ފޯނު ބޭނުންކުރި މައްސަލައެއްގައި ރޯމިއޯ ބެކަމް 440 ޕައުންޑުން ޖޫރިމަނާކޮށް، އޭނާގެ ލައިސަންސްއިން ތިން ޕޮއިންޓް އުނިކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ނިންމީ އުޅަނދު ކޮންޓްރޯލް ނުކުރެވޭ ފަދަ ހާލަތެއްގައި އޭނާ ކާރު ދުއްވިކަން ސާބިތުވުމާ ގުޅިގެންނެވެ.