"ރ. އަތޮޅު ކައުންސިލުގެ މާލީ ހުރިހާ ކަމެއް އޮތީ ދޫކޮށްލާފައި"
ކައުންސިލަށް ނަގަން ޖެހެނީ ކޮން ރޭޓަކުން ކިހާ ފައިސާއެއް ކަން ވެސް ނޭނގުމަކީ އެކަމުން ކުރިމަތިވާނެ އަނެއް މައްސަލަ އެވެ. ނަގަން ޖެހޭ އަދަދަށް ފައިސާ ނުނެގުން ނުވަތަ ނަގަން ޖެހޭ ވަރަށް ވުރެ އިތުރަށް ފައިސާ ނެގުމަކީ ވެސް އެ ދަފުތަރު ނުބަލަހައްޓާ ނަމަ ވެދާނެ ކަމެކެވެ.