ބައިސަލް ދުއްވަނިކޮށް އެތުލީޓުގެ މަސްނޫއީ ފައި ނެއްޓިއްޖެ
މޯލްޓާގައި އެތުލީޓަކު ބައިސްކަލް ދުއްވަމުން ދަނިކޮށް އޭނާގެ ޕްރޮސްތެޓިކް ފައި ނެއްޓިގެން ދިޔަ ވަގުތު، މަގުމަތިން ދިޔަ މީހަކު އެހީތެރިވި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. އެތުލީޓް މި ވީޑިއޯ އާންމުކުރީ އެހީތެރިވި މީހާއަށް ޝުކުރު އަދާކުރުމަށާއި، ނުކުޅެދުންތެރިކަމަކީ ހުރަހެއް ނޫންކަން ހާމަކޮށް އެހެން މީހުންނަށް ހިތްވަރު ދިނުމުގެ މަގުސަދުގައެވެ. އަށް މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯއިން ފެންނަ ހިތްހެޔޮ އަމަލަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.