ހުލާސާކޮށް އިއްޔެ:ނާޒިމްކުރި ތުހުމަތަށް ޖަވާބުދާރީވުމަށް އެންގުން
ރަސްމާލެ މަޝްރޫއަށް އިންޑިއާއިން ހުރަސްއަޅާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ކުރެއްވި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އިންޑިއާ ސަރުކާރުން އެދިފައިވާއިރު، މި މަޝްރޫއާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން، ޑީޖޭއޭގެ އިދާރީ އޮނިގަނޑަށް ބަދަލު ފެނުމަށާއި ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަދަބު ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު، މަންޓާ އެއާގެ އޭޓީއާރު އޮޕަރޭޝަންތައް ހުއްޓާލައި މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.